ނީލަން
ނަންބަރު: (IUL)113-PID/1/2020/69
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 23:13
ސުންގަޑި:
12 އޮކްޓޫބަރު 2020 11:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިކުންފުނީގެ ތިލަފުށީ ބޯޓު ޔާޑުގައި އެހެލާފައިހުރި ކާގޯ ދޯނި ނީލަމުގައި ވިއްކާލުމާއި ގުޅޭ
މިކުންފުނީގެ ތިލަފުށީ ބޯޓު ޔާޑުގައި އެހެލާފައިހުރި ކާގޯ ދޯނި ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. ވީމާ މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް ނީލަމުގައި ބައިވެރިވުމަށް ދަންނަވަމެވެ.
- މުދަލުގެ ތަފްޞީލް: (ތަފްސީލް އެޓޭޗްޑް ލިސްޓުގައި)
- ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓް ކުރުން:
- މުދާ ބެލުން : 12 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ 16:30 ގައި އެމްޕީއެލް ތިލަފުށީ ވެސެލް ރިޕެއަރ ޔާޑުގައި.
- މުދާ ބެލުމަށް ނަން ނޯޓް ކުރުން: މުދާ ބެއްލެވުމަށް ވަޑައިގަތުމުގެ 05 ގަޑިއިރު ( 12 އޮކްޓޯބަރ 2020، 11:30) ކުރިން ނީލަން މުދާބެލުމަށް އެދޭ ފޯމު (ދޯނި ބެލުމަށް ރަޖިސްޓަރ ކުރާ ފޯމް) ފުރިހަމަކުރައްވަން ވާނެއެވެ.
3.ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ 13 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ނީލަމުގައި ރަޖިސްޓްރީ ވުމަށް ފޯމު ފުރިހަމަކުރާ ފަރާތްތަކަށެވެ.
4. ނީލަން ކިޔުން: 14 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހު 14:00 ގައި
5.ނީލަން ކިއުން އޮންނަ ތަން: އެމް.ޕީ.އެލް، ހެޑް އޮފީހުގެ ބަނދަރު މާލަމު ގައި.
ސަމާލުކަމަށްޓަކައި :
- މުދާ ނީލަންކިޔުން ކުރިއަށް ގެންދެވޭނީ މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ގަވާއިދު ( 27 ޖޫން 2018 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި ) ގެ ދަށުންނެވެ. މިކުންފުނީގެ ވެބްސައިޓް (www.port.mv) ގެ ޑައުންލޯޑްސް ސެކްޝަން އިން ވެސް ދެންނެވުނު ގަވާއިދު އަދި ނީލަމުގައި ރަޖިސްޓަވުމަށް އެދޭ ފޯމް ފެނިލައްވާނެއެވެ.
- ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކެވުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ޗެކެވެ.
- ނީލަމާއިބެހޭ އިތުރު މަޢުލޫމާތު މިކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ނަމްބަރު: 3039255، އީމެއިލް: tender@port.mv އަދި ވެބްސައިޓް(www.port.mv) އިން ލިބިވަޑައިގަންނަވާނެއެވެ.
04 އޮކްޓޫބަރު 2020