ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ތިރީގައި މިދަންނަވާ އޮފީސްބައިތައް ، ކުއްޔަށްހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-EDF/22/2020/61) ޢިއުލާނަށް އެއްވެސް ފަރާތަކުން ކުރިމަތި ލައްވައިފައި ނުވާތީވެ، އަކަފޫޓަކަށް -/30 (ތިރީސް) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް އަގު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
- ފިލާ ބިލްޑިންގ 1 ގެ 1 ވަނަ ފަންގިފިލާ (ދެކުނުބައި) - 435 އަކަފޫޓް
- ފިލާ ބިލްޑިންގ 1 ގެ 6 ވަނަ ފަންގިފިލާ (ދެކުނުބައި) - 435 އަކަފޫޓް
- ފިލާ ބިލްޑިންގ 1 ގެ 7 ވަނަ ފަންގިފިލާ (ދެކުނުބައި) - 435 އަކަފޫޓް
2. މި ބައިތައް ކުއްޔަށްހިފުމަށް އެދޭ ފަރާތްތަކުން، 2020 އޮކްޓޫބަރު 5 ން 2020 އޮކްޓޫބަރު 13 ދުވަހުގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.gle/ZEHNZQwHHRv1zM216
3. މިކަމާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2020 އޮކްޓޫބަރު 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
4. ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑު ސެކިއުރިޓީގެ ގޮތުގައި -/15,000 (ފަނަރަހާސް ރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ސަރުކާރުން ގަބޫލުކުރާ ރާއްޖޭގައިހުރި ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަކުން މި އިޢުލާންގެ 1 ވަނަ ނަންބަރުގައިއެވާ ތަންތަން ކުއްޔަށް ހިފުމުގެ ބޭނުމަށް ދޫކޮށްފައިވާ ބިޑު ސެކިއުރިޓީ ނުވަތަ ގެރެންޓީއެކެވެ.
5. ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ، 2020 އޮކްޓޫބަރު 19 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ ގައެވެ.
6. ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް މިއިޢުލާނާއެކު އެޓޭޗް ކޮށްފައިވާނެއެވެ.
7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ
ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3341193 ، 3341194
އީ-މެއިލް: ibrahim.yasir@moe.gov.mv
ކޮޕީ-މެއިލްali.saamy@moe.gov.mv