ދިވެހިރާއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބޭނުމަށްCheckpoint License ރިނިއު ކުރުމަށް ކޮށްފައިވާ އިޢުލާން ނަންބަރު (IUL)164/1/2020/8ގެ މައުލޫމާތު ޝީޓުގައި އެސް.އެމް.އީ ރެޖިސްޓްރޭޝަން ހުށަހެޅުމަށް ބަޔާންކުރެވިފައިނުވާތީ، މައުލޫމާތު ޝީޓް އިސްލާހުކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 އޮކްޓޯބަރ 2020 ވާ އާދީއްތަ ދުވަހު 11:00 އަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ޢިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުން) ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިދާރާގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އިޢުލާނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ procurement@ncit.gov.mv އަށް އީ-މެއިލް ކޮށްދެއްވުން އެދެމެވެ. މި އިޢުލާނާއި ބެހޭ މައުލޫމާތު ކަރުދާސް އާއި އިޢުލާން މި އިދާރާގެ ވެބްސައިޓް www.gov.mv ގައި އެޓޭޗްކުރެވިފައިވާނެއެވެ.
26 ޞަފަރު 1442
13 އޮކްޓޯބަރ 2020