ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: F10/10/2020/47
އިޢުލާން
މި މިނިސްޓްރީގެ ބޭނުމަށް ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް( ޔޫ.އެން. އޯ.ޑީ.ސީ ) ގެ ވެބްސައިޑުގައި ޝާއިއުކޮށްފައިވާ 3 ފޮތް އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
1- ހޭންޑް ބުކް އޮން މެނޭޖްމެންޓް އޮފް ހައި ރިސްކް ޕްރިޒަނަރސް
https://www.undoc.org/documents/justice and prison
reform/HB on High Risk Prisoners Ebook appr.pdf
2- ހޭންޑް ބުކް އޮން ޑައިނަމިކް ސެކިއރިޓީ އެންޑް ޕްރިޒަން އިންޓެލިޖެންސް
https://www.undoc.org/documents/justice and prison
reform/UNODC Handbook on Dynamic Security and Prision Intelligence.pdf
3- ހޭންޑް ބުކް އޮން މެނޭޖްމަންޓް އޮފް ވައިލަންޓް އެކްސްޓްރީމިސްޓް ޕްރިޒަނަރސް އެންޑް ޕްރިވެންޝަން އޮފް
ރެޑިކަލައިޒޭޝަން ޓު ވައިލެންސް އިން ޕްރިޒަންސް
https://www.undoc.org/pdf/criminaljustice/hand bookonVEPs.pdf
ވީމާ، މަތީގައި ދަންނަވާފައިވާ 3 ފޮތް އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކޮށްދެއްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތުތައް ފުރިހަމަ ކުރައްވައި މިނިސްޓްރީގެ އީމެއިލް procurement@homeaffairs.gov.mv އަށް ފޮނުއްވުމުން އަންދާސީ ހިސާބުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވުނުކަން އެންގޭނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅާ ކުންފުނި /ފަރާތް
- އީމެއިލް އެޑްރެސް
- ފޯނު ނަންބަރ
މިކަމާ ގުޅޭ މައުލޫމާތު ޝީޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ރަޖިސްޓަރީ ކުރެވޭނެ އެންމެ ފަހުވަގުތަކީ 20 އޮކްޓޫބަރު 2020 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.
އަންދާސީ ހިސާބު ހުށަހެޅުމާއި/ހުޅުވުން އޮންނާނީ 02 ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާ ގައެވެ. އަންދާސީ ހިސާބު ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.