ދިވެހިރާއްޖެ
ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ބެލުން
ޤާނޫނު ނަންބަރ 2006/03 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 07 ވަނަ މާއްދާއާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.22 ވަނަ މާއްދާއާއި ހަވާލާދެއްވާ އެކުލަވާލެއްވި، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެންނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގެ ޢަމަލު ކުރާނެ ޢުސޫލުގެ ދަށުން މިއިދާރާގައި ހުރި ބައެއް ތަކެތި ނީލަންކިޔަން ނުވަތަ ނައްތާލުމަށް ހަމަޖެހިފައިވާތީ، އެ ތަކެތި ދައުލަތުގެ އެއްވެސް އޮފީހަކުން ބޭނުންވޭތޯ ބެލުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިއިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ "ދައުލަތުގެ އޮފީހަކުން މުދާ ބޭނުންވޭތޯ ޗެކްކުރާ ފޯމް" ގައިވާ ތަކެތި ބޭނުންފުޅުވާ ދައުލަތުގެ އޮފީސްތަކުން 12 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 ކުރިން މިސްކޫލަށް ލިޔުމަކުން އަންގަވައިދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އަމީނިއްޔާ ސްކޫލް
މާލެ
ފޯން: 7775660
އީ-މެއިލް: procurement@aminiya.edu.mv"
15 ރަބީޢުލްއައްވަލް 1442