ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު: RDC-IUL/PROC/2020-51
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންއަށް ދޮންވެލި ސަޕްލައިކުރުމަށް ޕްރޮޕޯސަލް / ކޯޓޭޝަން ހޯދުމާ ގުޅޭ
މި ކޯޕަރޭޝަންގެ ތިލަފުށި ޕްރޮޑަކްޝަން ސައިޓް އަށް ބޭނުންވާ ދޮންވެލި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ތަފްސީލް ތިރީގައި އެވަނީއެވެ.
# |
ތަކެތީގެ ތަފްސީލް |
އަދަދު |
މިން |
1 |
ހުދު ރާޅު ވެލި |
30000 |
ކޮޑިފޫޓު |
- ޑެލިވަރީ : މި ކޯޕަރޭޝަން އިން އަންގާ ގޮތެއްގެ މަތިން އެކި ދުވަސްތަކަށް އަދަދު ބަހައިގެން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ތިލަފުށީ ޕްރޮޑަކްޝަން ސައިޓް އަށް ގެންގޮސްދިނުން.
- މި ކޯޕަރޭޝަންގެ ޕޮލިސީގައި ވާ ގޮތުގެ މަތިން، ކްރެޑިޓް މުއްދަތަކީ 30 ދުވަހެވެ. ޕްރޮޕޯސަލް ތަކުގައި "ޕޭމަންޓް ޓަރމް" އެގޮތަށް ބަޔާން ކުރެވިފައި އޮންނަން ވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ބިޑް ސަބްމިޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.
2- ވެންޑަރ ރަޖިސްޓްރޭޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.*
މަތީގައި ބަޔާން ކުރެވިފައިވާ ފޯމްތައް މި އިޢުލާންގައި އެޓޭޗް ކުރެވިފައި ވާނެއެވެ. ލިޔުންތައް ފުރިހަމައަށް ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
* މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން*" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ.
ވީމާ، ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 5 ނޮވެމްބަރ 2020 (ބުރާސްފަތި) ދުވަހުގެ 14:00 އަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3339060
މެއިލް : procurement@rdc.com.mv