މަސައްކަތް
ނަންބަރު: GS97/IUL/2020/016
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 16 ނޮވެންބަރު 2020 14:00
މަކުނުދޫ ސްކޫލް، ހދ. މަކުނުދޫ
ދިވެހިރާއްޖެ
2021 ވަނަ އަހަރު ސްކޫލު ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

މި އިޢުލާންވަނީ 10 ނޮވެންބަރު 2020 10:00 ގައި ބާތިލް ކުރެވިފައެވެ.


ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. 2021 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. ބީލަން ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

                               I.            ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.

                            II.            ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

                         III.            ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

                         IV.            އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް

 

3. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ނޮވެމްބަރ 4 އިން 2020 ނޮވެމްބަރ 10 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓް ކުރައްވަން ވަޑައިގަންނަވާއިރު ވިޔަފާރީގެ ރަޖިސްޓްރީ ނަމްބަރ އެނގޭނެ ލިޔުމެއް ގެންނަވަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުމުގައި ބައިވެރި ކުރާނީ ހަމައެކަނި ނަންނޯޓް ކުރައްވާ ފަރާތްތައް ކަމުގައި ވެސް ދަންނަވަމެވެ.

4. މިބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020ނޮވެމްބަރ 16 ވާ ހޯމަ ދުވަހުގެ 14:00 ގައި މިސްކޫލްގައެވެ.

 5. ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 2020 ނޮވެމްބަރ 26 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މިސްކޫލްގައެވެ.

 6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަކުނުދޫ ސްކޫލް، ހދ މަކުނުދޫ، ދިވެހިރާއްޖެ

ފޯން: 6520529 ،     އީ-މެއިލް: 6520529@gmail.com

18 ރަބީޢުލްއައްވަލް 1442

04 ނޮވެމްބަރ 2019

                                                                      މުޙައްމަދު ލުޠުފީ

                                                                      ޕްރިންސިޕަލް      

04 ނޮވެންބަރު 2020