ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2020/47)
އިޢުލާން
މިކައުންސިލުން ކުނި އުފުލުމަށް ބޭނުންކުރަމުންދިޔަ ނިޝާން އެޓްލަސް 1500ގެ ޕަވަގޭޓް ޕިކަޕް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއްޖެއެވެ.
ސުރުހީގައި ދެންނެވިފައިވާ ނިޝާން އެޓްލަސް 1500ގެ ޕަވަގޭޓް ޕިކަޕް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ފެށޭއަގަކީ -/65000 ( ފަސްދޮޅަސް ފަސްހާސް ރުފިޔާ) އަށެވެ. ޕިކަޕް ގަތުމަށް ހުށަހަޅާ އަގަށް އިތުރު ކުރެވޭނެ އެންމެ ކުޑަ އަގަކީ -/500 (ފަސްސަތޭކަ ރުފިޔާ)އެވެ. ޕިކަޕް ގަތުމަށް ބޭނުންވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ނަމްބަރ 6580118 އަދި ކައުންސިލް ރައީސް އަބްދުއްނާޞިރު އަލީ (ފޯން ނަމްބަރ 9755327) އާއި ގުޅުއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން ކޮންމެ ދުވަހަކު 12:30 ގެ ކުރިން ޕިކަޕްގަތުމަށް ބޭނުންވާ އަގު ހުށަހަޅަންވާނެއެވެ. ޕިކަޕް ގަތުމަށް ހުށަހަޅާ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 1:30 ގެ ފަހުން، ހުށަހެޅި އަގު އެނގޭގޮތަށް މިއިދާރާގެ ނޯޓިސް ބޯޑުގައާއި ފޭސްބުކް ޕޭޖުގައި އާއްމުކުރެވޭނެއެވެ. ޕިކަޕް ގަތުމަށް އަގު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު ޖެހިޖެހިގެން 3 ދުވަހު (އެކަށީގެންވާ އަގެއްގައި) އޮވެއްޖެނަމަ އެފަރާތަކަށް ނީލަން ނިމުނީއެވެ.
ތިރީގައި އެވަނީ ޕިކަޕާއި ގުޅޭ އިތުރު މައުލޫމާތެވެ.
1- ރަޖިސް ނަމްބަރ C1A2667
2- އެތެރެކުރި އަހަރު 2009/04/03
3- ރަޖިސްޓްރީ ކުރި ތާރީޙް 2009/11/01
4- ހަކަތައިގެ ބާވަތް: ޑީސަލް
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
18 ރަބީޢުލްއައްވަލް 1442
04 ނޮވެމްބަރު 2020