ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2020/50)
އިޢުލާން
އުނގޫފާރު ރައްޔިތުންގެ ވިޔަފާރި އާއިމާރާތަށް ގެނެވޭ 2 ނުޒުލުގެ 2 ޑިސްޕެންސަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
އުނގޫފާރު ރައްޔިތުންގެ ވިޔަފާރި އާއިމާރާތަށް ގެނެވޭ 2 ނުޒުލުގެ 2 ޑިސްޕެން ސަރ ސަޕްލައި ކޮށްދިނުމަށްއެދޭ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 10 ނޮވެމްބަރު 2020 ވާ އަންގާރަ ދުވަހުގެ 10:30ގައި މިއިދާރާގައެވެ. އަދި ދެވޭ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 19 ނޮވެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރައްޔިތުންގެ ވިޔަފާރިގެއަށް ބޭނުންވާ 2 ޑިސްޕެންސަރ ސަޕްލައިކުރުމަށް އެދި" މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަފްލާޙްގެ ނަމްބަރ9553552 ގުޅުއްވުން އެދެމެވެ.
2 ޑިސްޕެންސަރ ސަޕްލައި ކުރުމުގެ މަސައްކަތަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތް
- 2 ނުޒުލުގެ 2 ޑިސްޕެންސަރ ސަޕްލައި ކުރުމަށް ހުށަހަޅާ އަގަށް (ހަތްދިހަ މާކުސް)
- ތަޖުރިބާ ފަންނީ ގާބިލްކަމަށް (ދިހަ މާކުސް)
- މުއްދަތައް )ދިހަމާކުސް)
- މާލީތަނަވަސް ކަމަށް (ފަސްމާކުސް)
- ވޮރެންޓީއަށް (ފަސް މާކުސް)
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
19 ރަބީޢުލްއައްވަލް 1442
05 ނޮވެމްބަރު 2020