ދިވެހިރާއްޖެ
ނަންބަރ:IUL)297-EP/297/2020/56)
އިޢުލާން
ސްލިޕްވޭ ހަދާފައިވާ ބިން ކުއްޔަށް ދޫކުރުމާބެހޭ
ސްލިޕްވޭގެ ޚިދުމަތް ދިނުމަށް މިހާރު ދޫކުރެވިފައިވާ 20040 (ވިހިހާސް ސާޅީސް) އަކަފޫޓުގެ ބިން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަކަށް މަހަކު އަކަފޫޓަކަށް 80/- ( އަށްޑިހަލާރި ) އަށްވުރެ ކުޑަނޫން ކުއްޔަކަށް އަމިއްލަ ޚަރަދުގައި ތަރައްޤީކޮށް ހިންގުމަށް ޝައުޤު ވެރިވެލައްވާ ފަރާތްތަކުން 16 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 10:00 އަށް ސިޓީން އަގު ހުށަހެޅުއްވުން އެދެމެވެ. ބިން ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ އެންމެ ބޮޑު އަގު އެއްވަރުވެއްޖެނަމަ އަލުން އިއުލާންކުރެވޭނެއެވެ.
މިކަމަށް އެދި ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
(ހ) ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
(ށ) އަގު ބަޔާންކުރާފޯމް ނުވަތަ ސިޓީ
(ނ) އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކުރާ ސިޓީ
މާކްސް ދެވޭގޮތުގެ ތަފްސީލު:
(ހ) ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާއިން ހޮވާލެވިފައިވާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
(ށ) ބިޑް އިވެލުއޭޝަން ކޮމިޓީއިން އަގުތައް އިވެލުއޭޓްކުރުމަށް ފަހު، ބިޑް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެކަންއަންގައިދެވޭނެއެވެ.
(ނ) ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
އަންދާސީ ހިސާބު ހުޅުވުން
(ހ) އަންދާސީ ހިސާބު ހުޅުއްވާނީ 16 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހު 10:00 ގައި މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާގެ ކޮންފަރަންސް ރޫމްގައި އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ.
(ށ) ބިޑް މީޓިންގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
(ނ) އިވެލުއޭޝަން ކޮމިޓީއިން ބެލުމަށްފަހު ޝަރުތު ހަމަނުވާ ފަރާތްތަށް ޑިސްކޮލިފައިކޮށް ނަތީޖާ އިޢުލާން ކުރެވޭނެއެވެ.
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
ކުލި |
100% |
|
(Benchmark Rent / Submitted Rent) x Allocated Percentage |
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
22 ރަބީޢުލްއައްވަލް 1442
8 ނޮވެމްބަރ 2020