ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266/266/2020/136
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި: 26 ނޮވެންބަރު 2020 14:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް އެދޭފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޝަތު ހުޅުވާލުން

ކުޅުދުއްފުށީ މަސްމާރުކޭޓްގެ 3 ޖާގަ އަކަށް މަސްކެނޑުމުގެ ޚިދުމަތަށް އެދުމުގެ ފުރުޝަތު ހުޅުވާލަމެވެ.

ވީމާ މިކަމަށް އެދިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 26 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 14:00ގެ ކުރިން އެކަމަށް އެދޭފޯމް މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. 3 ފަރާތްހޮވުމުގައި މިހާރު މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. މިހާރު މަސްކެނޑުމުގެ ޚިދުމަތް ނުދޭ ފަރާތްތަކަކުން ކުރިމަތިލައްވައިފިނަމަ ހޮވޭނެ ފަރާތެއް ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި ޤުރުއަތު ލައިގެންނެވެ.

ފޯމްދޫކުރުމާއި ފޯމް ބަލައިގަތުން 10 ނޮވެމްބަރ 2020 ވަނަ ދުވަހުން ފެށިގެން 26 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ރަސްމީ ގަޑި ތަކުގައި އޮފީހުގެ ކައުންޓަރުން ކުރިއަށް ދާނެއެވެ.

09 ނޮވެންބަރު 2020