ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)/SDFC-HR/2020/32
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 22:32
ސުންގަޑި: 23 ނޮވެންބަރު 2020 14:00
އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް: ކަސްޓަމަރ ސަރވިސް ރިޕްރެޒެންޓޭޓިވް

މަޤާމުގެ ބާވަތް: ދާއިމީ

ބޭނުންވާ ޢަދަދު: 1

މަޤާމުގެ ޝަރުތު:

  1. މަޤާމާގުޅޭ ދާއިރާއަކުން ޑިޕްލޮމަރ ޙާޞިލުކޮށްފައިވުން، ނުވަތަ،
  2. ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 03 (ތިނެއް) މާއްދާއިން ދަށްވެގެން (ސީ) ފާސް ލިބިފައިވުމާއެކު މަސައްކަތާގުޅޭ ދާއިރާއަކުން 01 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  3. ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން 04 (ހަތަރެއް) މާއްދާއިން ދަށްވެގެން (ސީ) ފާސް ލިބިފައިވުމާއެކު މަސައްކަތާގުޅޭ ދާއިރާއަކުން 02 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ލޯނު އެޕްލިކޭޝަންސްތައް ބަލައިގަނެ ކްރެޑިޓް ޑިޕާޓްމެންޓަށް ފޮނުވުން.
  2. ޖެމްސް އަދި އޮފީހުގެ ކައުންޓަރަށް އަންނަ ލިޔެކިއުންތައް ބަލައިގަނެ، އެންޓަރކުރަންޖެހޭ ލިޔެކިޔުންތައް އެންޓަރކޮށް ކަނޑައެޅިފައިވާ ސެކްޝަންތަކަށް ރޫޓްކުރުން.
  3. އޮފީހުން ދޫކުރާ ލޯނުތަކާބެހޭ މަޢުލޫމާތާއި އަދި އޮފީހުން ދޭ އެހެނިހެން ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން.
  4. އޮފީހަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބުދީ، މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެންމެ އެދެވިގެންވާ ފެންވަރެއްގައި މި ޚިދުމަތް ފޯރުކޮށްދިނުން.
  5. ކަސްޓަމަރުންގެ ފަރާތުން އަންނަ ޝަކުވާތަކަށް ޖަވާބުދީ، ކްރެޑިޓް ޑިޕާޓްމެންޓާއިގުޅިގެން އެފަދަ ޝަކުވާތައް ޙައްލުކުރުން.
  6. ކަސްޓަމަރުންނާގުޅޭ މަޢުލޫމާތުތައް ހޯދުމަށް ކްރެޑިޓް ޑިޕާޓްމެންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  7. ކްރެޑިޓް އެނަލިސްޓުން ކަސްޓަމަރުންނާއެކު ބާއްވާ ބައްދަލުވުންތައް އިންތިޒާމުކުރުން.
  8. އޮފީހަށް ޚިދުމަތް ހޯދުމަށް ނުވަތަ ބައްދަލުވުންތަކަށް އަންނަ މެހެމާނުން ރިސީވްކުރުމާއި މެހެމާންދާރީ އަދާކުރުން.
  9. އޮފީހުން ބޭރަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުމުގެ އެންމެހާ އިދާރީ މަސައްކަތް ކުރުން.
  10. ކަސްޓަމަރ ސަރވިސްގެ އެންމެހާ ރިކޯޑްސްތައް ބެލެހެއްޓުމާއި ފައިލް ކުރަންޖެހޭ ރިކޯޑްތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  3. މުޢާމަލާތް ކުރުމުގެ ހުނަރު (ދިވެހިބާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރެވޭ މިންވަރު).
  4. މައިކްރޮސޮފްޓް އެޕްލިކޭޝަންސް ފަރިތަކަމާއެކު ބޭނުންކުރަންއެނގޭ މިންވަރު.
  5. މަސައްކަތާގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު.

މުސާރައާއި ޢިނާޔަތްތައް:

  • 8,000ރ އާއި 9,000ރ އާއި ދެމެދު.

މަސައްކަތްކުރަންޖެހޭ ގަޑި:

  • ހެނދުނު 08:00 އިން ހަވީރު 16:00 އަށް.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.
  • ވަޒީފާއަދާކުރި/ކުރަމުންދާ ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

އެޕްލިކޭޝަން ހުށަހަޅަންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 23 ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ބަލައިގަތުމަށް ކަނޑައެޅިފައިވާ ލިންކް: https://sdfcmv.aidaform.com/job-application-form-csr  ބޭނުންކުރައްވައިގެން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މި ލިންކް މެދުވެރިކޮށެވެ.

މި ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 9:00 އާއި 14:00 އާ ދެމެދު 3026015 ފޯނަށް ގުޅުއްވައި ނުވަތަ hr@sdfc.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

10 ނޮވެންބަރު 2020