ދިވެހިރާއްޖެ
މި އިޢުލާންވަނީ 30 ނޮވެންބަރު 2020 09:43 ގައި ބާތިލް ކުރެވިފައެވެ.
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2020/53)
އިޢުލާން
މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ރައްޔިތުންގެ އިންޖީންގޭގައި 100000(އެއްލައްކަ) ލީޓަރުގެ ޕްރީ ފެބްރިކޭޓޭޑް ޑީސަލް ތާގީއެއް ބަނުމަށް ބޭނުންވާ ތަކެތި ގެނެސް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިރަށު ރައްޔިތުންގެ އިންޖީންގޭގައި 100000 (އެއްލައްކަ) ލީޓަރުގެ ޕްރީ ފެބްރިކޭޓް ޑީސަލް ތާނގީ ބަނުމަށް ބޭނުންވާ ސާމާނު ގެނެސް އިންސްޓޯލް ކުރުމަށް އެދޭފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 30 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ 10:30ގައި މިއިދާރާގައެވެ. އަދި ދެވޭ މަޢުލޫމާތާއި އެއްގޮތަށް ޕްރީ ފެބްރިކޭޓް ޑީސަލް ތާނގީ ބަނުމަށް ބޭނުންވާ ސާމާނު ގެނެސް ދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 06 ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރައްޔިތުންގެ އިންޖީންގޭގައި 100000 (އެއްލައްކަ) ލީޓަރުގެ ޕްރީ ފެބްރިކޭޓް ޑީސަލް ތާނގީ ބަނުމަށް ބޭނުންވާ ސާމާނު ގެނެސްދިނުމަށްއެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ނައިބް ރައީސް މުޙަންމަދު އަފްލާހްގެ ނަމްބަރ 9553552 ގުޅުއްވުން އެދެމެވެ.
ތިރީގައި އެވަނީ 100000 (އެއްލައްކަ) ލީޓާރުގެ ޕްރީ ފެބްރިކޭޓް ތާނގީ ގެނެސް ބަނުމަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތް
1.ޕްރީ ފެބްރިކޭޓް ޑީސަލް ޓޭންކް ގެނެސްދިނުމަށް ހުށަހަޅާ އަގަށް (ހަތްދިހަ މާކުސް)
2.ތަޖުރިބާ ފަންނީ ގާބިލްކަމަށް (ދިހަމާކުސް)
3.ހުށަހަޅާ މުއްދަތައް (ދިހަމާކުސް)
4.މާލީތަނަވަސް ކަމަށް (ފަސްމާކުސް)
5.ވޮރެންޓީއަށް (ފަސްމާކުސް)
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
07 ރަބީޢުލްއާހިރު 1442
22 ނޮވެމްބަރ 2020