މަސައްކަތް
ނަންބަރު: (IUL)GS-02/GS-02/2020/10
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 29 ނޮވެންބަރު 2020 14:00
ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2021 ވަނަ އަހަރު މި މަރުކަޒުގެޒުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

  • މި މަރުކަޒުގެ 2021 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދެއްވުމަށް ޝައުޤުވެރިވާ (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރު: 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ) ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

  • މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 23 ނޮވެމްބަރ 2020 އިން 29 ނޮވެމްބަރ 2020 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00އަށް މި މަރުކަޒުގައި ނަން ނޯޓް ކުރެއްވުން އެދެމެވެ.

 

  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 ނޮވެމްބަރ 2020 ހޯމަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

                                                             

  • މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 30 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 13:00ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ.

 

  • ބިޑް ހުޅުވުން އޮންނާނީ 06 ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ.

 

  • ·        ނޯޓް: މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ނަން ނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.

 

  • އިތުރު މަޢުލޫމާތު6528817  ނަމްބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
  • ހދ.އަތޮޅު ތައުލީމީ މަރުކަޒު/ ހދ.ކުޅުދުއްފުށި
  • ފޯން:  6528817
  • އީ-މެއިލް: admin@hdhaec.edu.mv
23 ނޮވެންބަރު 2020