މަސައްކަތް
ނަންބަރު: GS111/IUL/2020/06
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 06 ޑިސެންބަރު 2020 10:00
ހެނބަދޫ ސްކޫލް
ދިވެހިރާއްޖެ
2021 ވަނަ އަހަރު ސްކޫލް ސެކިޔުރިޓީ ބެލެހެއްޓުން

2021 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މި ސުކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 24 ނޮވެމްބަރ 2020 އިން 26 ނޮވެމްބަރ 2020 އަށް ކޮންމެ ދުވަހަކު 8:30 އާ 13:00އާ ދެމެދު ސުކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.
  2. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ނޮވެމްބަރ 30 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޑިސެމްބަރ 02 ވާ ބުދަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވެރިފަރާތުގެ ބަދަލުގައި ދުރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީ އާއި އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
  4. ބީލަން ހުޅުވުން އޮންނާނީ 2020 ޑިސެމްބަރ 06 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް: ކަނޑައެޅިފައިވާ މުއްދަތުގައި ނަން ނޯޓް ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަނޭޅޭނެ ކަމުގައި ދަންނަވަމެވެ.

 

        ހެނބަދޫ ސުކޫލް

        ނ. ހެނބަދޫ / ދިވެހިރާއްޖެ

        ފޯން: 6560571

        އީމެއިލް: admin@henbadhooschool.edu.mv

23 ނޮވެންބަރު 2020