ދިވެހިރާއްޖެ
އިޢުލާން
އައުޓްސޯސްކޮށް ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމާއިބެހޭ
އިޢުލާން ނަންބަރު GS155/IUL/2020/006 ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ. 2021 ޖަނަވަރީ 1 ން 2021 ޑިސެމްބަރ 31 ވަނަ ދުވަހުގެ ނިޔަލަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސުކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށް ނަންނޯޓް ކޮށް މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ސުކޫލު އޮފީހަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
ބިޑް ރަޖިސްޓްރީގައި ނަންނޯޓްކުރުން |
މަޢުލޫމާތު ދިނުމުގެ ސެޝަން |
އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން |
3 ޑިސެމްބަރ 2020 ވަނަ ދުވަހުގެ 10:00 ގެ ކުރިން |
2020 ޑިސެމްބަރ 08 ވަނަ ދުވަހު 10:00 |
2020 ޑިސެމްބަރ 20 ވަނަ ދުވަހު 13:00 |
މިކަމަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިގަތުން އިސްވެދެންނެވި ގަޑީގައި މި ސްކޫލުގެ ލައިބްރަރީގައި އޮންނާނެއެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ. އަދި ދަންނަވަމެވެ. ބިޑް ރަޖިސްޓްރީގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާއި އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. ބީލަން ފޮތް ސަރުކާރުގެ ގެޒެޓްގައި އިން މިއިޢުލާންގެ ލިންކްއިން ޑައުންލޯޑްކުރެވޭނެއެވެ.
ޝުކުރިއްޔާ