ދިވެހިރާއްޖެ
ޓްރެކް ބިމަށް އަރައިގެން ކަނޑާފައިވާ ރުއްގަހުގައި ނީލަން ކިއުން 01 ޑިސެމްބަރ 2020 ދުވަހުގެ ހެނދުނު 8.30 ގައި ޓްރެކް ބިމުގައި އޮންނާނެއެވެ.
މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ.
ނީލަމުން ނަންގަވާ ތަކެތީގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ. ނީލަމަށް ވަޑައިގަންނަވާ ފަރާތްތަކުން ވަޑައިގަންނަވާނީ ޓްރެކް ބިމަށެވެ. މިބިން އޮންނާނީ އައިސްޕުލާންޓް ހުޅަނގުގައެވެ.
ނީލަމުން ނަންގަވާ ތަކެތި 03 ޑިސެމްބަރ 2020 ދުވަހުގެ 10.00 ގެ ކުރިން ގެންދަވަން ވާނެއެވެ. އެ މުއްދަތުގެ ތެރޭގައި ނުގެންދަވާ ތަކެތި ބޭނުންނެތީކަމުގައި ބަލައި، އުކައިލުން ނުވަތަ ބޭނުންވާ ފަރާތްތަކަށް ދޫކޮށްލުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.