ދިވެހިރާއްޖެ
މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން ތ. ވޭމަންޑޫ މެޓީރިއަލް ސްޓޯރޭޖް ސައިޓުގެ ސެކިއުރިޓީ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.
ތަން |
ގަޑި |
ތާރީހް |
ތަފްސީލް |
ތ. ވޭމަންޑޫ ކައުންސިލް އިދާރާ ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ) |
11:00 |
02 ޑިސެމްބަރ 2020 |
މައުލޫމާތު ސާފުކުރުން |
ތ. ވޭމަންޑޫ ކައުންސިލް އިދާރާ ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ) |
11:00 |
03 ޑިސެމްބަރ 2020 |
އަގު ހުށައެޅުން |
ނޯޓް: މި މަސައްކަތުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ އަދި އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ، ކުންފުނީގެ ރަޖިސްޓްރީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ.
29 ނޮވެމްބަރ 2020
ޕްރޮކިއުމަންޓް ޑިޕާޓްމަންޓް