ދިވެހިރާއްޖެ
ކުޑަހުވަދޫ ބަނދަރު ސަރަހައްދުގައި ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ބިންތަކުގައި ކޮށްފައިވާ ޢިމާރާތްތައް ވިޔަފާރި އުޞޫލުން 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު:B-381/I/2019/53 (16 ޑިސެމްބަރ 2019) ގެ އިޢުލާން ބާޠިލްކުރުމަށްފަހު، އެއިމާރާތްތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.
1- ބިޑްފޮތް ލިބެންހުންނާނީ 2020 ޑިސެމްބަރ 01 ވަނަދުވަހުން ފެށިގެން 2020 ޑިސެމްބަރ 15 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ރަސްމީ ކޮންމެދުވަހެއްގެ 9:00 ން ފެށިގެން 12:00 އަށް ކުޑަހުވަދޫ ކައުންސިލްގެ އިދާރާއިންނެވެ.
2- ބިޑްފޮތް ބައްލަވައި ނުގަންނަވާ ފަރާތެއްގެ ނަމުގައި ބިޑް ހުށައެއް ނޭޅޭނެއެވެ.
3- ބިޑްފޮތެއްގެ އަގަކީ -/300ރ އެވެ.
4- ޕްރީބިޑް މީޓިން އޮންނާނީ 2020 ޑިސެމްބަރ 26 ވަނަ ދުވަހުގެ 10:00ގައި ކުޑަހުވަދޫ މަލްޓިޕާޕާސް ޢިމާރާތުގައެވެ. (ޕްރީބިޑް މީޓިންގ އަކީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ އިތުރު މަޢުލޫމާތު ޙިއްސާކުރެވޭނެ މީޓިންގ އަކަށްވާތީ، އެންމެހާ ބޭފުޅުން ވަޑައިގެން ދެއްވުމަކީ އެދެވިގެންވާކަމެކެވެ. ޕްރީބިޑް މީޓިންގ އަށްފަހު އެއްވެސް ފަރާތަކަށް ވަކިން މަޢުލޫމާތުދިނުމަށް ހަމަޖެހިފައެއްނުވެއެވެ. އަދި މިކަމާއި ގުޅިގެން އެއްވެސް ސުވާލެއް ކުރަންބޭނުވާނަމަ މިމުއްދަތުގެ ތެރޭގައި މިއިދާރާއަށް ލިޔުމުން ނުވަތަ އީމެއިލުންވެސް ހުށަހެޅިދާނެއެވެ.)
5- ބިޑް ހުށަހެޅުން އޮންނާނީ 2021 ޖަނަވަރީ 17 ވަނަ ދުވަހުގެ 10:00ގައި ކުޑަހުވަދޫ މަލްޓިޕާޕާސް ޢިމާރާތުގައެވެ. ބިޑް ހުށައަޅާނީ ގަޑިއަށް ވަޑައިގަންނަވާ އެންމެހާ ފަރާތްތަކުގެ ހާޒިރުގައެވެ.
6- ސުންގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައެއް ނުގަނެވޭނެއެވެ.