ދިވެހިރާއްޖެ
ހުރާ ސްކޫލް
ކ.ހުރާ ނަމްބަރު:GS142/IUL/2020/11
އިޢުލާން
2021 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމާއިގުޅޭ
2021 ވަނަ އަހަރު މިސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ، 01 ޑިސެމްބަރ 2020 ން 07 ޑިސެމްބަރ 2020 ށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 ން 13:00 ށް މިސްކޫލަށް ވަޑައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.
- މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 08 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމުން ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
- މި ޕްރޮޖެކްޓާއި ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 09 ޑިސެމްބަރ 2020 ވާ ބުދަދުވަހުގެ 10:00 ގައި ހުރާ ސްކޫލްގައެވެ.
- ބީލަން ހުށައެޅުން އޮންނާނީ 10 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހުރާ ސްކޫލުގައެވެ.
- މި ޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހުރާ ސްކޫލް
ކ.ހުރާ ދިވެހިރާއްޖެ
ފޯން : 6640177
އީމެއިލް : admin@huraaschool.edu.mv
މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
30 ނޮވެމްބަރ 2020