ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)459-PL/459/2020/60
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 17:20
ސުންގަޑި: 09 ޑިސެންބަރު 2020 12:15
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އަށް ބޭނުންވާ ކޮމްޕެކްޓް މޮބައިލް ފައިލިން ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އަށް ބޭނުންވާ ކޮމްޕެކްޓް މޮބައިލް ފައިލިން ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރަވުނު ނަންބަރު        (IUL)459-PL/459/2020/52 އިޢުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ އަލުން މި ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މި އިޢުލާނުގައި އެޓޭޗްކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް، 09 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 12:15  އަށް މި މިނިސްޓްރީއަށް (ގ.ބިއްލޫރިޖެހިގެ، މަޖީދީމަގު، ފުރަތަމަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ބިޑާގުޅޭ މަޢުލޫމާތު ޝީޓް، ބިޑް ސަބްމިޝަން ފޯމު އިޢުލާނާއި އެޓޭޗްކޮށްފައިވާނެއެވެ. އަދި މި ބިޑާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް 3027546 ނަންބަރަށް ގުޅުއްވުން އެދެމެވެ. 

30 ނޮވެންބަރު 2020