ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2020/54)
އިޢުލާން
އުނގޫފާރު ރައްޔިތުންގެ ވިޔަފާރި އާއިމާރާތަށް ގެނެވޭ 2 ނުޒުލުގެ 2 ޑިސްޕެންސަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މިކައުންސިލުން ހިންގަމުންދާ ރައްޔިތުންގެ ވިޔަފާރިގެއާއިމާރާތަށް2 ނުޒުލުގެ ޑިސްޕެންސަރ ގެނައުމަށް ކުރެވުނު ނަމްބަރ: (IUL)303-AS/2020/50 (19 ނޮވެމްބަރު 2020) ގެ އިއުލާނާއި ގުޅިގެން ހުށަހެޅި ބިޑްތައް ބޮޑުކަމަށް ފެންނާތީ ބިޑްތައްވަނީ ބާތިލްކުރެވިފައެވެ. އުނގޫފާރު ރައްޔިތުންގެ ވިޔަފާރި އާ އިމާރާތަށް ގެނެވޭ 2 ނުޒުލުގެ 2 ޑިސްޕެންސަރ ސަޕްލައި ކޮށްދިނުމާއި އިންސްޓޯލްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއަދުން (02 ޑިސެމްބަރ 2020) ފެށިގެން 09 ޑިސެމްބަރ 2020، ބުދަ ދުވަހުގެ 11:30 ގެ ނިޔަލަށް ރަސްމީގަޑީގައި މިކައުންސިލަށް ދުރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. އަދި އެމުއްދަތުގައި ނަންނޯޓް ކުރެއްވި ފަރާތްތަކުން މި އިޢުލާނާ އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 15 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރައްޔިތުންގެ ވިޔަފާރިގެއަށް ބޭނުންވާ 2 ޑިސްޕެންސަރ ސަޕްލައިކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ރައީސް އަބްދުންނާޞިރު ޢަލީގެ ނަމްބަރ 9755327 ގުޅުއްވުން އެދެމެވެ.
2 ޑިސްޕެންސަރ ސަޕްލައި ކުރުމުގެ މަސައްކަތަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތް
- 2 ނުޒުލުގެ 2 ޑިސްޕެންސަރ ސަޕްލައި ކޮށް އިންސްޓޯލްކުރުމަށް ހުށަހަޅާ އަގަށް (ހަތްދިހަ މާކުސް)
- ތަޖުރިބާ ފަންނީ ގާބިލްކަމަށް (ދިހަ މާކުސް)
- މުއްދަތައް )ދިހަމާކުސް)
- މާލީތަނަވަސް ކަމަށް (ފަސްމާކުސް)
- ވޮރެންޓީއަށް (ފަސް މާކުސް)
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
17 ރަބީޢުލްޢާހިރު 1442
02 ޑިސެމްބަރު 2020
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ
އުނގޫފާރު ރައްޔިތުންގެ އާއިމާރާތަށް ގެނެވޭ 2 ޑިސްޕެންސަރގެ މައުލޫމާތު ސީޓް
ސެޑް – 01
* ދެވޭ މައުލޫމާތާއި އެއްގޮތަށް ގެނެވޭ ޑިސްޕެންސަރ ވާންވާނީ 2 ނުޒުލުގެ 1 ޑިސްބެންސަރަށެވެ.
* ޑިސްޕެންސަރުގެ ކޮންމެފަޅިއެއްގައި 30 މީޓަރ ހޮޅި ހުންނަންވާނެއެވެ.
* ކޮންމެ ޑިސްޕެންސަރެއްގެ ފްލޯރޭޓް 40 ލީޓަރާއި 50 ލީޓަރާއި ދެމެދު 1 މިނެޓް ތެރޭގައި އެޅެންވާނެއެވެ.
* ޑިސްޕެންސަރ ވާންޖެހޭނީ އެބައުގްރައުންޑް ޓޭންކްއިން ތިޔޮވިއްކުމަށް ފަރުމާ ކުރެވިފައިވާ ބޫތަކަށެވެ.
* ކޮންމެ ޑިސްޕެންސަރެއްގެ ދެފަރާތުގައި މަތީގައި ލެޑް އިސްތިހާރު ބޯޑް ހުންނަންވާނެއެވެ.
* ކޮންމެ ޑިސްޕެންސަރަކުންވެސް 2 ޕްރޮޑަކްޓް އެއްފަހަރާ ވިއްކެންޖެހޭނެއެވެ.
* ކޮންމެ ޑިސްޕެންސަރެއްގައިވެސް 2 ރިސިޕްޓް ޕްރިންޓާރ ހުންނަންވާނެއެވެ.
* ޑިސްޕެންސަރުގެ ދެފަރާތުގައި ޑިސްޕްލޭ ހުންނަންވާނެއެވެ.
ސެޑް- 2
* ދެވޭ މައުލޫމާތާއި އެއްގޮތަށް ގެނެވޭ ޑިސްޕެންސަރ ވާންވާނީ 2 ނުޒުލުގެ 1 ޑިސްބެންސަރަށެވެ.
* ގެނެވޭ 1 ޑިސްޕެންސަރ ވާންވާނީ ހެވީޑިއުޓީ 2 ނުޒުލުގެ ޑިސްޕެންރަކަށެވެ.
* ޑިސްޕެންސަރުގެ ކޮންމެފަޅިއެއްގައި 30 މީޓަރ ހޮޅި ހުންނަންވާނެއެވެ.
* ކޮންމެ ޑިސްޕެންސަރެއްގެ ފްލޯރޭޓް 40 ލީޓަރާއި 50 ލީޓަރާއި ދެމެދު 1 މިނެޓް ތެރޭގައި އެޅެންވާނެއެވެ.
* ޑިސްޕެންސަރ ވާންޖެހޭނީ އެބައުގްރައުންޑް ޓޭންކްއިން ތިޔޮވިއްކުމަށް ފަރުމާ ކުރެވިފައިވާ ބޫތަކަށެވެ.
* ކޮންމެ ޑިސްޕެންސަރެއްގެ ދެފަރާތުގައި މަތީގައި ލެޑް އިސްތިހާރު ބޯޑް ހުންނަންވާނެއެވެ.
* ކޮންމެ ޑިސްޕެންސަރަކުންވެސް 2 ޕްރޮޑަކްޓް އެއްފަހަރާ ވިއްކެންޖެހޭނެއެވެ.
* ކޮންމެ ޑިސްޕެންސަރެއްގައިވެސް 2 ރިސިޕްޓް ޕްރިންޓާރ ހުންނަންވާނެއެވެ.
* ޑިސްޕެންސަރުގެ ދެފަރާތުގައި ޑިސްޕްލޭ ހުންނަންވާނެއެވެ.
* ޑިސްޕެންސަރ ގެނައުމަށް ލިބޭފަރާތުން ކައުންސިލުން ދައްކާތަނެއްގައި ޑިސްޕެންސަރ އިންސްޓޯލް ކުރަންވާނެއެވެ.
* ކޮންމެ ޑިސްޕެންސަރެއްގައިވެސް ޑިސްޕެންސަރަހައް ހާއްސަކުރެވިފައިވާ ކަވަރެއް ހުންނަންވާނެއެވެ.
* 2 ބޫތުގެ އަގުގެ %5 ޕަސެންޓް ފައިސާ 3 މަސްދުވަހަށް ހިފެހެއްޓޭނެއެވެ. ހިފެހެއްޓޭ ފައިސާ ދޫކުރެވޭނީ 3 މަސް ހަމަވުމުން ބޫތުގައި އެއްވެސް މައްސަލައެއް އުޅޭކަމުގައި ވާނަމަ އެކަން ރަގަޅުކޮށް އެންގުމުން މިއިދާރާއިން ބަލާ އެޕްރޫވް ކުރުމުން ފައިސާ ދޫކުރެވޭނެއެވެ.
ނޯޓް – ޑިސްޕެންސަރ އެތެރެކުރާފަރާތުން އިންސްޓޯލްކޮށް 3 މަސްވަންދެން ޑިސްޕެންސަރ ބަލަހައްޓާ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެކަމެއް އެއްވެސް އަގަކާއިނުލާ ރަގަޅުކޮށްދެންވާނެއެވެ.