ދިވެހިރާއްޖެ
ވިޔަފާރީގެ އުޞޫލުން 1 ޖެނުއަރީ 2021 ން 31ޑިސެމްބަރ 2021 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން
މީޓިންގ ހަމަޖެހިފައިވާ ގޮތް |
ތާރީޚް |
ގަޑި |
މައުލޫމާތު ސާފްކުރުން |
10 ޑިސެމްބަރ 2020 |
ހެނދުނު 11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
14 ޑިސެމްބަރ 2020 |
ހެނދުނު 11:00 |
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގެންނެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގައިވާ ގޮތުން އާމްދަނީ ހޯދުމަށް މިފަދަމަސައްކަތް ކޮންޓްރެކްޓް އުސޫލުންކުރާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީގައި ޤަވާއިދުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެންބޭފުޅަކު ފޮނުއްވާނަމަ އެފަރާތެއްގެ ސިޓީއަކާއެކު ހުށަހެޅުއްވުމުން ޤަބޫލު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިސްކޫލްގެ ފޯނު ނަންބަރު /7983090 6842605 އާއި ގުޅުއްވުން އެދެމެވެ.
މި ބައްދަލުވުމަށް ހާޟިރުވާންވާނީ އެޗް.ޕީ.އޭގެ ގައިޑްލައިނާއި އެއްގޮތަށް މާސްކް އަޅުއްވައިގެންނެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.