ދިވެހިރާއްޖެ
އިޢުލާނު
|
|
މަޤާމު: |
ޕްލޭނިންގ އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-304700 |
ބޭނުންވާ އަދަދު: |
1 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
އެމް.އެސް 2 |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ފެންބިލްޑިންގ 2 ވަނަ ފަންގިފިލާ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން |
މުސާރަ: |
-/6295ރ |
ސަރވިސް އެލަވަންސް: |
-/2000ރ |
ޓެކްނިކަލް ކޯ އެލަވަންސް: |
-/1762.60ރ |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
މަޤާމުގެ ޝަރުޠުތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. (ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން. ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން އަދި އިމްތިޙާނެއް ނުވަތަ ޕްރެޒެންޓޭޝަނެއް. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޑިސެންބަރު 2020 ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން (ފެން ބިލްޑިންގ 2ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް hr@mohe.gov.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. |
ޝޯޓްލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވާ އިންޓަވިއު އޮންނާނީ 20 – 31 ޑިސެންބަރު 2020 އާ ދެމެދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން (ފެން ބިލްޑިންގ 2ވަނަ ފަންގިފިލާ) ގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ , 3026928, 3026966, 3026955 އަށެވެ. އީ-މެއިލް ކުރާނީ hr@mohe.gov.mv އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
22 ރަބީޢުލްއާޚިރު 1442
07 ޑިސެންބަރ 2020