ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އެމް.އޭ.ސީ.އެލްގެ އާ ސީޕްލޭން ޓާރމިނަލް އިމާރާތުގެ "އެކްސެކެޓިވް ލައުންޖު"ގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދުތައް ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާންގެ ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކުރުމާއި ބެހޭ
މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި، މިކުންފުނިން އަލަށް އިމާރާތްކޮށްފައިވާ ސީޕްލޭން ޓާރމިނަލް އިމާރާތުން "އެކްސެކެޓިވް ލައުންޖު"ގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދުތައް، ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު:116-F3/IL/2020/113 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
މިބީލަމަށް ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވިއިރުވެސް ގިނަފަރާތްތަކަކުން ރަޖިސްޓްރީވުމަށް ޝައުގުވެރިކަން (EOI) ފާޅުކުރަމުންދާތީ ރަޖިސްޓްރީވުމުގެ މުއްދަތު 2020 ޑިސެންބަރު 17 ވާ ބުރާސްފަތިދުވަހުގެ މެންދުރު 1:00 ގެ ނިޔަލަށް އިތުރުކުރެވިފައިވާކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
އެގޮތުން، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 ޑިސެންބަރު 17 ވާ ބުރާސްފަތިދުވަހުގެ މެންދުރު 1:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް(bidinfo@macl.aero) މެދުވެރިކޮށްޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ. މީގެ އިތުރަށް މިހާތަނަށް މިބީލަމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި އަދި EOI ފޮނުވައިފައިވާ ފަރާތްތަކަށް އަލުން ރަޖިސްޓްރީވާން EOI ފޮނުވަން ނުޖެހޭނެވާހަކަ މަޢުލުމާތައްޓަކައި ދަންނަވަމެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ރިސޯޓު/ސީޕްލާން/ޓުއޯރ އޮޕަރޭޓުކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަކަށް ވާންވާނެެއެވެ. އަދި USD 10,000 (ނޫނީ އެޔާ އެކަށީގެންވާ ދިވެހި ރުފިޔާ) ބިޑު ސެކިޔުރިޓީއެއްގެ ގޮތުގައި ކުއްޔަށް ހިފަންބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަންވާނެއެވެ.
އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް bidinfo@macl.aero ، ވެބްސައިޓް www.macl.aero އަށެވެ.