ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
01 . 2021 ވަނަ އަހަރަށް މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބީލަން ހުށެހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައި ވާނެއެވެ.
02 . މި ބީލަންގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޑިސެމްބަރު 2020 އިން 20 ޑިސެމްބަރ 2020 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 09:00 ން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
03 . މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ފޮނުއްވުން އެދެމެވެ.
04 . މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 22 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 11:30 ގައި މި ސްކޫލްގައެވެ.
05 . ބިޑް ހުޅުވުން އޮންނާނީ 27 ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 11:30 ގައި މިސްކޫލްގައެވެ.
06 . ނަން ނޯޓް ކުރުމާއި އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަންދޫ ސްކޫލް / އދ.މަންދޫ
ފޯން ނަންބަރު : 7949320
އީ-މެއިލް އެޑްރެސް : admin@mandhooschool.edu.mv
30 ރަބީޢުލްއާހިރު 1442
15 ޑިސެމްބަރ 2020