ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
ކޮންޓްރެކްޓް އެމްޕްލޮއިމަންޓް ދަށުން މިރަށު ވޭސްޓް މެނޭޖުމަންޓް ސެންޓަރަށް މަސައްކަތު މީހުން ބޭނުންވެއްޖެއެވެ.
މަޤާމް: މަސައްކަތު
ބޭނުންވާ ޢަދަދު: 2 ( ދޭއް )
މަސައްކަތްކުރަންޖެހޭ ތަން: މިލަދޫ ކުނިކޮށި
މަސައްކަތްކުރަން ހަމަޖެހިފައިވާގޮތް: ހެނދުނު 6:30 އިން 10:30އަށް – ހަވީރު 16:00 އިން 17:00އަށް.
މަޤާމުގެ މުސާރަ: -/4000 ރުފިޔާ ( ހަތަރުހާސް ރުފިޔާ )
ސާރވިސް އެލަވަންސް: -/1500 ރުފިޔާ ( އެއްހާސް ފައްސަތޭކަރުފިޔާ )
މުއްދަތު: 1 ( އެކެއް ) އަހަރު
އުޖޫރަ އާއި އިނާޔަތްތައް: މުޥައްޒަފުންނަށްދެވޭ އިނާޔަތްތަކާއި (ހަމަޖެހިފައިވާ އުސޫލާއި އެއްގޮތުގެމަތީން ) އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ޔުނިޓް: ނ.މިލަދޫ ކައުންސިލްގެ އިދާރާ / އިކޮނޮމިކް ސޯސަލް އެންޑު މުނިޕަލްސާރވިސް
1- މަޤާމުގެ ޝަރުތުތައް:
- ލިޔަން ކިޔަންދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން
- ޢުމުރުން 18 އަހަރުފުރި 65 އަހަރުނުފުރޭ ފިރެހެނަކަށްވުން
2- މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
(ހ) ނ.މިލަދޫގައި ކުނިއެޅުމަށް ހަދާފައިވާ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލުން ކަނޑައަޅގައިވާ
އުސޫލާއެއްގޮތަށް ކުރުން.
(ށ) ކުނިއެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ގެނެވޭ ކުނީގެ ބާވަތްތައް (ދަގަނޑު، ބިއްލޫރި، ޕްލާސްޓިކް، ކަލުޑި،
ފަތްކުނި) ވަކިކޮށް، ކުނިއެޅުމަށް ހާއްސަކުރެވިފައިވާ ތަންތަނަށް އެޅުން.
(ނ) ކުނިއެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް އެކިއެކި ފަރާތްތަކުން ކުނި ގެނައުމަށް ހަދާފައިވާ މަގު ސާފުކޮށް ބެލެހެއްޓުން.
(ރ) ކުނިއެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް އުކާލުން މަނާކުރެވިފައިވާ ތަކެތި (ކާބޯތަކެއްޗާއި ކުނިވާޒާތުގެ އެންމެހާތަކެތި، ގާކުނި، ބޮޑެތި ދަގަނޑުގެ ބާވަތްތައް، ބޮޑެތި ރޯލަކުޑިއާއި ރުއްގަހުގެ ބާވަތްތައް) އެއްވެސް ފަރާތަކުން އުކާލިޔަނުދީ ބެލެހެއްޓުން.
(ބ) ސަރަހައްދަށް ކުނި އުކާލަން ކަނޑައަޅާފައިވާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި އެއްވެސް ފަރާތަކުންކުނިއެޅިޔަ ނުދީ އެސަރަހައްދު ބެލެހެއްޓުން.
(ޅ) ކުނިއެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް އުކާލެވޭ ކުނީގެ ތެރެއިން ފަސޭހައިން ނައްތާނުލެވޭ ކުނީގެ ބާވަތްތައް(ދަގަނޑު، ބިއްލޫރި، ބޮޑެތި ރޯކަލުޑިއާއި ރުއްގަހުގެ ބާވަތްތައް) ކައުންސިލުން ކަނޑައަޅާ ސަރަހައްދަކަށް ޖަމާކުރުން.
(ކ) ކުނިއެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ކުނި އުކާލުމުގައި ޤަވާޢިދާ ޚިލާފުވާ ފަރާތްތަކުގެ ސާފު ތެދު މަޢުލޫމާތު ދުވަހުން ދުވަހަށް ކައުންސިލަށް އެންގުން.
(އ) ކުނިއެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް އެއްވެސް ވަރަކަށް ގާކުނީގެ ބާވަތްތައް އުކާލިޔަ ނުދިނުން.
(ވ) ރަށުގެ އިޖްތިމާޢީ ސަރަހައްދުތަކުގައި ބަހައްޓާފައިހުރި ޑަސްޓްބިންތައް ހަފުތާއެކު އެއްދުވަހު ކުނިއެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް އުކާލާ ޑަސްބިން ސާފުކުރުން.
3- މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:
- ވަޒީފާގެ މަސައްކަތާއިގުޅޭގޮތުން ލިބިފައިވާ ހުނަރު / ތަޖްރިބާ
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން
4- ވަޒީފާއަށް އެންމެ ޤާބިލް ފަރާތްތެއް ހޮވުމަށް ބެލެވޭނެކަންތައްތައް:
- މަސައްކަތުގެ ދާއިރާއިން / ލިބިފައިވާ ހުނަރު/ ތަޖުރިބާ
- މަސައްކަތްކުރަންދަންނަ މީހަކަށްވުން
5- އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
- މިމަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2020 ޑިސެމްބަރ މަހުގެ ފަހުކޮޅުގެ ތާރީޚެއްގައި މިލަދޫ ކައުންސިލްގެ އިދާރާގައެވެ.
6- މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށްއެދޭފޯމް ފުރިހަމަކުރުމަށްފަހު ފޯމާއިއެކު ހުށައަޅަންޖެހޭ ލިޔުންތަކާއެކު 27 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މިލަދޫ ކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.
7- ހުށައަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭފޯމް ( ވަޒީފާއަށް އެދޭފޯމް ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. )
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު: 7470014 ފޯނާއެވެ.