ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މިކޯޕަރޭޝަންގެ ތިރީގައި މިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ސެކިއުރިޓީ ގާޑް |
ބޭނުންވާ އަދަދު: |
11 (އެގާރަ) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު) |
ކްލެސިފިކޭޝަން / ރޭންކް: |
ސަޕޯރޓް ސްޓާފް - ގްރޭޑް 5 |
މުސާރަ: |
މަހަކު -/3500 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
އެހެނިހެން އެލަވަންސް : -/3500 ރުފިޔާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލެ ސްޓޮކްޔާޑް/ ތިލަފުށީ ޕްރޮޑަކްޝަން ސައިޓް އަދި ޕްރޮޖެކްޓް ސައިޓްތައް |
ފެންވަރު ނުވަތަ ޝަރުތު: |
- ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމު ހުރި މީހަކު ކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- މަސައްކަތްކުރާ ސައިޓް ތަކާއި އޮފީސް އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން. - މަސައްކަތްކުރާ ސައިޓް ތަކާއި އޮފީސް އިމާރާތަށް ވަދެ ނުކުމެހަދާ މުވައްޒަފުންނާއި އުޅަނދު ފަހަރުގެ ހަރަކާތްތަށް މޮނިޓަރކޮށް ބެލެހެއްޓުން. - ސައިޓަށް ނުވަތަ ސައިޓްގައި މަސައްކަތް ކުރާ މުވައްޒަފަކަށް ގެއްލުމެއް ލިބިދާނެކަމެއް ފާހަގަވާނަމަ އެކަމެއް އެންގުން؛ - ކޯޕަރޭޝަންގެ މުވައްޒަފުންނާއި ވަސީލަތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވައިދުތަކާއި އެއްގޮތްވާގޮތުގެމަތިން އަމަލުކުރުން. - ސައިޓްގެ އިމާރާތްތަކާއި އެހެނިހެން ވަސީލަތްތަކަށް ގެއްލުމެއް ލިބިފައިވާނަމަ ނުވަތަ ލަފާ ކުރެވޭނަމަ އެކަމެއް ރިޕޯޓްކުރުން؛ |
ސުންގަޑި: |
މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 23 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، ޑިސެމްބަރ ނުވަތަ ޖެނުއަރީ މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
2 ޖުމާދަލްއޫލާ 1442
17 ޑިސެމްބަރ 2020