މަސައްކަތް
ނަންބަރު: GS-95/2020/14
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 31 ޑިސެންބަރު 2020 11:00
ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
އޮފީސް އިމާރާތުގައި ގުދަން ވަކިކުރުމަށް ރާނާފައިވާ ފާރު ތަޅާނެގުން

މި ސްކޫލްގެ އޮފީސް އިމާރާތުގައި ގުދަންބައި ވަކިކުރުމަށް ރާނާފައިވާ ފާރު ތަޅާ ނެގުމަށްފަހު ބެރިއެއް ދުއްވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 23 ޑިސެމްބަރ 2020 އިން 28 ޑިސެމްބަރ 2020  އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 27 ޑިސެމްބަރ 2020  ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ސްކޫލް އޮފީހަށްދުރުވެ ހިއްސާކުރެއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން 2020ޑިސެމްބަރު 28 ވާ ހޯމަ ދުވަހުގެ 11:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2020 ޑިސެމްބަރު 31 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ސްކޫލްގެ އޮފީހުގައެވެ. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކުރިނބީ ސްކޫލް

އަމީނީމަގު / ހދ. ކުރިނބި، ދިވެހިރާއްޖެ.

ފޯން:  6520532

އީ-މެއިލް: admin@kurinbeeschool.edu.mvBottom of Form

23 ޑިސެންބަރު 2020