ދިވެހިރާއްޖެ
އިޢުލާން
މިކުންފުނީގެ ގެ ތިލަފުށި ސައިޓުގައިހުރި (ގާތްގަނޑަކަށް) 10 ޓަނުގެ ބާދަނގަޑުތަކެއްވަނީ ޙާއްސަ ނީލަމުގައި ވިއްކާލުމަށް ނިންމާފައެވެ އަދި މިނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.
1- ނީލަން ކިއުން އޮންނާނީ 31 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހު 00 :14 ގައި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަން ގެ، ފުރަތަމަ ފަންގިފިލާ ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު )ގައެވެ.
2- މިތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން 29 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެހެދުނު 09:00 އިން 11:00 އާއި ދެމެދު އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަން ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) އަށް ވަޑައިގެން ނަންނޯޓް ކުރެއްވުންއެދެމެވެ.
3- މިތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން 29 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އިން 15:30 އަށް ތިލަފުށިސައިޓަށް ވަޑައިގެން) 7914961 ގުޅުމުން) ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަދަންނަވަމެވެ.
4- މި ނީލަމުގައި ބައިވެރިވެވޭނީ އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަންގަ ރަޖިސްޓްރީވެ އަދި ޙާއްސަ ނީލަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހުގައެވެ.
5- މި ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް 10,000/-ރ (ދިހަހާސް ރުފިޔާ) އެމް.ޓީ.ސީ.ސީގެ ބެންކް އެކައުންޓް ނަންބަރ 003-100668-7701 އަށް 30 ޑިސެމްބަރ 2020 ވާ ބުދަވަހުގެ ހެދުނު 9:00 އާއި 11:00 ދެމެދު ޖަމާކުރަން ވާނެއެވެ. އަދި 11:00 ގެ ފަހުން ފައިސާ ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
6- ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުން ނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޟިރީން ނަށް އަޑުއިވޭވަރަށް، އަނގަބަހުން ނެވެ.
7- ނީލަން ފެށޭނީ ޓަނަކަށް -/1000 ( އެއްހާސް ރުފިޔާގެ ) ރޭޓުން) 10,000.00 ދިހަހާސް ރުފިޔާ) އިންނެވެ.
8- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1000ރ (އެއްހާސް ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެކެވެ.
9- ނީލަންނިމޭތާ 24 ގަޑި އިރުތެރޭ ނީލަން ނިމުނުފަރާތުން ފައިސާ ދައްކަންވާނެވެ.
10- ނީލަންނިމޭތާ 10 ދުވަހުގެ ތެރޭގައި ބާދަގަނޑުތަށް އެތަނުންގެންގޮސް ނިންމަންވާނެއެވެ،
11- ތަކެތި ދޫކުރެވޭނީ ރަސްމީދުވަސްތަކުގެ ހެނދުނު 09:00 އިން ހަވީރު 14:00 އަށެވެ.
12- 10 ޓަނަށް ވުރެ އިތުރުވާކަމުގައި ވާނަމަ އިތުރުވާ ޓަނުގެ ފައިސާ ދައްކާ ޙަލާސް ކުރަންވާނެއެވެ. އަދި 10 ޓަނަށް ވުރެ މަދުވާނަމަ މަދުވާ އަދަދު ރީފަންޑް ކޮށްދޭނެއެވެ.
13- މިނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 3001251ނަންބަރ ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
24 ޑިސެމްބަރ 2020