ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ
ނަންބަރު: 59/IUL/303-AS/2020
އިޢުލާން
މިކައުންސިލުން 10 އަހަރު ދުވަހުގެ މުއްދަތަށް އިލާންކޮށްފައިވާ ކުލީބިންތަކުގެ ބިޑް އިވެލުވޭޓް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މިކައުންސިލުން 10 އަހަރު ދުވަހުގެ މުއްދަތަށް އިއުލާންކޮށްފައިވާ ބިންތަކުގެ ބިޑް އިވެލުވޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ބިޑްތަށް އިވެލުވޭޓް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއަދުން (29 ޑިސެމްބަރ 2020) ފެށިގެން 04 ޖަނަވަރީ 2021، ހޯމަ ދުވަހުގެ 11:30 ގެ ނިޔަލަށް ރަސްމީގަޑީގައި މިކައުންސިލަށް ދުރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ. އަދި އެމުއްދަތުގައި ނަން ނޯޓް ކުރެއްވި ފަރާތްތަކުން މި އިޢުލާނާ އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 06 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ކުލީބިންތަކުގެ ބިޑް އިވެލުވޭޓް ކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.
ތިރީގައި އެވަނީ ބިޑްތަށް އިވެލުވޭޓް ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ދެވޭ މާކުސްއެވެ.
1- ހުށަހަޅާ އަގަށް: (ހަތްދިހަ މާކުސް)
2- މުއްދަތަށް: (ފަނަރަ މާކުސް)
3- ތަޖުރިބާއަށް: (ފަނަރަމާކުސް)
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
14 ޖުމާދަލްޢޫލާ 1442
29 ޑިސެމްބަރ 2020
ބިޑްތައް އިވެލުވޭޓް ކުރުމަށްދެވޭ މަޢުލޫމާތު ސީޓް
- ބިޑް އިވެލުވޭޓް ކުރުމަށް އެދޭ ފަރާތްތަކުން މަދުވެގެން 4 މީހުންގެ ޕެނަލެއް ހަމަޖައްސަންވާނެއެވެ.
- ހުށަހަޅާ ބިޑްތައް ބަލާ ރަގަޅަށް ޗެކު ކުރަންވާނެއެވެ.
- ބިޑް ހުށަހަޅާއިރު މުއްދަތު ވަކިން އެނގެން ހުންނަށްވާނެއެވެ. އަދި ކަޑައެޅޭ މުއްދަތުގައި އިވެލުވޭޓްކޮށް ނިންމަންވާނެއެވެ.
- ބިޑް ހުށަހަޅާއިރު މީގެކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތެއް ކޮށްފައިވާނަމަ ކޮށްފައިވާ މަސައްކަތުގެ ތަފްސީލީ ލިޔުން ހުށަހަޅަންވާނެއެވެ.