ދިވެހިރާއްޖެ
Ref: MTCC-TD/IU/2020/0357
30 ޑިސެމްބަރ 2020 Date:
އިޢުލާން
މިކުންފުނީގެ މާލޭރެންޓަލްސް ސައިޓް ގައިހުރި (ގާތްގަނޑަކަށް) 7 ޓަނުގެ ބާދަނގަޑުތަކެއްވަނީ ޙާއްސަ ނީލަންގައި ވިއްކާލުމަށް ނިންމާފައެވެ. އަދި މިނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.
1- ނީލަން ކިއުން އޮންނާނީ 05 ޖެނުއަރީ 2021 ވާ އަންގާރަ ދުވަހު 14:00 ގައި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަން ގެ، ފުރަތަމަ ފަންގިފިލާ ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު )ގައެވެ.
2- މިތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން 03 ޖެނުއަރީ 2021 ވާ އާދިއްތަ ދުވަހުގެހެދުނު 09:00 އިން 11:00 އަށް ތަކެތި ބެއްލެވުމަށް އެމް.ޓީ.ސީ.ސީ ރެންޓަލްސް ސައިޓަށް ވަޑައިގެން) 9766779 ގުޅުމުން) ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަދަންނަވަމެވެ.
3- މި ނީލަމުގައި ބައިވެރިވެވޭނީ އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަންގަ ރަޖިސްޓްރީވެ އަދި ޙާއްސަ ނީލަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހުގައެވެ.
4- މި ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް -/5,000ރ (ފަސްހާސް ރުފިޔާ) އެމް.ޓީ.ސީ.ސީގެ ބެންކް އެކައުންޓް ނަންބަރ 003-100668-7701 އަށް 04 ޖެނުއަރީ 2021 ވާ ހޯމަހުގެ ހެދުނު 9:00 އާއި 11:00 ދެމެދު ޖަމާކުރަން ވާނެއެވެ. އަދި 11:00 ގެ ފަހުން ފައިސާ ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
5- ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަގަބަހުން ނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޟިރީން ނަށް އަޑުއިވޭވަރަށް، އަގަބަހުން ނެވެ.
6- ނީލަން ފެށޭނީ ޓަނަކަށް -/1000 ( އެއްހާސް ރުފިޔާގެ ) ރޭޓުން) 7,000.00 ހަތްހާސް ރުފިޔާ) އިންނެވެ.
7- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1000ރ (އެއްހާސް ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެކެވެ.
8- ނީލަންނިމޭތާ 24 ގަޑި އިރުތެރޭ ނީލަން ނިމުނުފަރާތުން ފައިސާ ދައްކަންވާނެވެ.
9- ނީލަންނިމޭތާ 05 ދުވަހުގެ ތެރޭގައި ބާދަގަނޑުތަށް އެތަނުންގެންގޮސް ނިންމަންވާނެއެވެ،
10- ތަކެތި ދޫކުރެވޭނީ ރަސްމީދުވަސްތަކުގެ ހެނދުނު 09:00 އިން ހަވީރު 16:00 އަށެވެ.
11- 7 ޓަނަށް ވުރެ އިތުރުވާކަމުގައި ވާނަމަ އިތުރުވާ ޓަނުގެ ފައިސާ ދައްކާ ޙަލާސް ކުރަންވާނެއެވެ. އަދި 7 ޓަނަށް ވުރެ މަދުވާނަމަ މަދުވާ އަދަދު ރީފަންޑް ކޮށްދޭނެއެވެ.
12- މިނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 3001251ނަންބަރ ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
30 ޑިސެމްބަރ 2020