ޢާންމު މަޢުލޫމާތު
ނަންބަރު: GS160/2021/004
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 14 ޖަނަވަރީ 2021 11:00
ދިގުރަށު މަދަރުސާ، އދ. ދިގުރަށް
ދިވެހިރާއްޖެ
ދިގުރަށު މަދަރުސާގެ ދަރިވަރުންނަށް 2021 ވަނަ އަހަރު ހެނދުނުގެ ނާސްތާ ފޯރުކޮއްދޭނެ ފަރާތެއް ހޯދުމަށް

އިއުލާން

ދިގުރަށު މަދަރުސާ

ދިގުރަށް

ދިވެހިރާއްޖެ

                                        އިޢުލާން ނަންބަރ: GS160/2020/004

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖެނުއަރީ 04 އިން ފެށިގެން 2021 ޖެނުއަރީ 07 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް މިސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖެނުއަރީ 07 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޖެނުއަރީ 10ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  5. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021  ޖެނުއަރީ 14 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  6. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި -/5,000 (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  2. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

..............

ދިގުރަށު މަދަރުސާ

ފޯން: 6680631

އީ-މެއިލް: admin@dhigurahschool.edu.mv

 

20 ޖުމާދަލްއޫލާ 1442

04 ޖެނުއަރީ 2021

04 ޖަނަވަރީ 2021