ދިވެހިރާއްޖެ
University of Tsukuba Scholarship 2021 |
ޖަޕާންގެ ޔުނިވަރސިޓީ އޮފް ސުކުބާގައި "އިކޮނޮމިކްސް އެންޑް ޕަބްލިކް ޕޮލިސީ" ގެ ދާއިރާއިން މާސްޓަރސް އަށް ކިޔެވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ދަރިވަރުންނަށް ހުޅުވާލެވިފައިވާ ކަމަށް އެ ޔުނިވަރސީޓީންވަނީ އަންގާފައެވެ. މި ސްކޮލަރޝިޕް ފުރުޞަތާއި ގުޅޭ އެންމެހާ މަޢުލޫމާތާއި ލިޔެކިޔުންތައް ތިރީގައިވާ ވެބްސައިޓް ލިންކް މެދުވެރިކޮށް ލިބެން ހުންނާއެވެ. މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ އެންމެ ފަހު ތާރީޚަކީ 5 ފެބްރުއަރީ 2021 އެވެ. http://pepp.hass.tsukuba.ac.jp/ އެހެންކަމުން މި ސްކޮލަރޝިޕަށް ޝައުގުވެރިވާ ފަރާތްތަކުން އޮންލައިން އެޕްލިކޭޝަން ހުށަހެޅުމަށްދީފައިވާ ތާރީޚްގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހުގައި ބައިވެރިވުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.
|