ދިވެހިރާއްޖެ
އިޢުލާން
ލެބޯޓްރީގެ ސާމްޕަލް އުފުލުން.
މ.އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުގެ ތެރެއިން ލެބޯޓްރީގެ ޚިދުމަތް ލިބެން ނެތް ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުން ޓެސްޓް ތަކުގެ ސާމްޕަލް ކަނޑައެޅޭ ރަށްރަށަށް ގެންދިއުމާއި ސާމްޕަލް އުފުލާ ކެރިއަރ އަނބުރާ ގެނައުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ސާމްޕަލް ގެންދަންޖެހޭ ރަށް
* މ.ވޭވަށު ޞިއްޙީ މަރުކަޒުން މ. މުލަކު ސިއްޙީ މަރުކަޒަށް.
މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މ.މުލީ ރީޖަނަލް ހޮސްޕިޓަލްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ10:00 އަށް މ.މުލީ ރީޖަނަލް ހޮސްޕިޓަލްއަށް އަންދާސީހިސާބު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައި ނުގަންނާނެ ވާހަކައާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި،6720605 މިނަމްބަރާއި ގުޅުއްވުން އެދެމެވެ.
12 ޖަނަވަރީ 2021