ދިވެހިރާއްޖެ
ނަމްބަރ(IUL)MRH-MNT/MRH/2021/3
އިޢުލާން
ކޭބަލް ޓީވީގެ ހިދުމަތް ދޭނެފަރާތެއް ހޯދުމަށް.
މިހޮސްޕިޓަލް އަށް އެއް(1)އަހަރު ދުވަހުގެ މުއްދަތަށް ކޭބަލް ޓީވީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ.
މި ހިދުމަތްދޭން ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މ.މުލީ ރީޖަނަލް ހޮސްޕިޓަލްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 28 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ13:00 އަށް މ.މުލީ ރީޖަނަލް ހޮސްޕިޓަލްއަށް އަންދާސީހިސާބު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައި ނުގަންނާނެ ވާހަކައާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި،6720605 މިނަމްބަރާއި ގުޅުއްވުން އެދެމެވެ.
18 ޖަނަވަރީ 2021