ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: IUL 10-F/10/2021/05
މިމިނިސްޓްރީން ދޭ ފްލޯޕްލޭނާއި އެއްގޮތަށް އާރކިޓެކްޗަރަލް، ސްޓްރަކްޗަރަލް އަދި ބީ.އޯ.ކިއު ތައްޔާރުކޮށް ސްޓެޕްކޮށް އިމާރާތް ކުރުމުގެ ހުއްދަ ހޯދާ ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ procurement@homeaffairs.gov.mv އީ. މެއިލް އެޑްރެހަށް ކޮންޓެކްޓް ނަމާއި، އެޑްރެހާއި، ކޮންޓެކްޓް ނަމްބަރާއި އަދި އީ. މެއިލް އެޑްރެސް ފޮނުއްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. (ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.) މި މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް 24 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 11:00ގައި މިމިނިސްޓްރީގެ ކޮންފަރެންސް ރޫމުގައި މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 27 ޖަނަވަރީ 2021 ވަ ބުދަ ދުވަހުގެ 12:00ގައެވެ.