ދިވެހިރާއްޖެ
ކަޅުހަންތަކާއި ބައެއް ބާތަކެތީގެ ނީލަން ކިއުން 27 ޖަނަވަރީ 2021 ދުވަހުގެ ހެނދުނު 09.00 ގައި އޮންނާނެއެވެ.
މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ.
ނީލަމުން ނަންގަވާ ތަކެތީގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ. ނީލަމަށް ވަޑައިގަންނަވާ ފަރާތްތަކުން ވަޑައިގަންނަވާނީ މަސްޖިދުއް ތައާވުން ކައިރިއަށެވެ. ނީލަން ކިޔާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.
ނީލަމުން ނަންގަވާ ތަކެތި 28 ޖަނަވަރީ 2021 ދުވަހުގެ 16.00 ގެ ކުރިން ގެންދަވަން ވާނެއެވެ. އެ މުއްދަތުގެ ތެރޭގައި ނުގެންދަވާ ތަކެތި ކައުންސިލްގެ ފަރާތުން އަލުން އިއުލާންކޮށް ނީލަން ކިއުން ނުވަތަ ކުނީގެ ގޮތުގައި ނައްޓައި ލެވޭނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.