ދިވެހިރާއްޖެ
` |
ނަންބަރު:BML/FAIU/2021/001 |
އިޢުލާން |
ބޭނުންކޮށްފައިހުރި ބައެއް އޮފީސް ފަރުނީޗަރު އަދި އިކުއިޕްމަންޓް ނީލަމުގައި ވިއްކާލުން. |
މި ބޭންކުގައި ހުރި ބައެއް އޮފީސް ފަރުނީޗަރު އަދި އިކިއުޕްމަންޓް ނީލަމުގައި ވިއްކާލުމަށް ނިންމާފައިވާތީ، މިތަކެތި ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 ޖެނުއަރީ 2021 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 އަށް ހ. ސީޓްރެކްސް ބިލްޑިންގގެ 1 ވަނަ ފަންގިފިލާގައި ހުންނަ މިބޭންކުގެ އެޑްމިނިސްޓްރޭޝަން ޔުނިޓަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، މި ތަކެތި ގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 24 ޖެނުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ހ. އޯކިޑުމާގެ 14 ބުރި އިމާރާތުގެ ގްރައުންޑް ފްލޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް އެދެމެވެ. އަގު ހުށަހަޅަންވާނި ބަންދު ކުރެވިފައިވާ ސިޓީއަކުންނެވެ. ސިޓީ ކަނޑައި އަގުބެލުން އޮންނާނީ އަގު ހުށަހަޅަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަދި އަގުތައް ބެލުމަށްފަހު އެންމެމަތީ އަގެއް ހުށަހަޅާފައިވާ ފަރާތަކަށް ތަކެތި ވިއްކާލެވޭނެއެވެ.
|
50 ޖުމާދަލްއާޚިރާ 1442 19 ޖެނުއަރީ 2021 |