ދިވެހިރާއްޖެ
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ Secretariat of the Maamendhoo Council
Chaandhanee Magu, Maamendhoo, Maldives ޗާންދަނީ މަގު، މާމެންދޫ، ދިވެހިރާއްޖެ
ނަންބަރ(IUL)403-A/403/2021/26 :
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ލ.މާމެންދޫ އިޖްތިމާއި ސަރަހައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު:(IUL)403-A/403/2021/7 އިޢުލާނާއި ގުޅިގެން ސަރަހައްދު 2 އަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ، 04 ފެބްރުވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މާމެންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ފެބްރުވަރީ 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިބީލަމާގުޅޭ ބީލަންފޮތް، 04 ފެބްރުވަރީ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 15 ފެބްރުވަރީ 2021 ވާ ހޯމަ ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތުގެ އަގަކީ -/50 ރުފިޔާއެވެ.
މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުގެ ފުރުޞަތު ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ
14 ޖުމާދަލްއާޚިރާ 1442ހ.
27 ޖަނަވަރީ 2021މ.
ޔޫސުފް އިރުފާން
ކައުންސިލްގެ ނާއިބުރައީސް