މަސައްކަތް
ނަންބަރު: (IUL) 371-ESMSPL/371/2021/28
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:32
ސުންގަޑި: 11 ފެބުރުވަރީ 2021 11:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ބިލެތްދޫ ކުޑަކުދިންގެ ޕާރކްގެ މަސައްކަތް ކޮއްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ފ.ބިލެތްދޫ ކުޑަކުދިންގެ ޕާރކްގެ މަސައްކަތް މިކައުންސިލް އިންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި  ކޮއްދޭނޭ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ، އެކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވިފައިވާއަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި ކުންފުނިތަކުން، 7 ފެބުރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 11 ފެބުރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ -/500 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ. އަދި މައުލޫމާތު ޝެސަން އަށް ހާޒިރުވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށައަޅަން ވާނެއެވެ. އަދި ބަދަލުގައި ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ހާޒިރުވާނަމަ، ވެރިފަރާތުގެ އައިޑީ ކާރޑް ކޮޕީ، ވެރިފަރާތް ހުއްދަ ދީފައިވާ ކަމުގެ ސިޓީ އަކާއި ހަޒިރުވާ ފަރާތުގެ އައިޑީ ކާރޑް ހުށައަޅަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ކުޑަކުދިންގެ ޕާރކްގެ  މަސައްކަތުގެ އަންދާސީ ހިސާބު" މިހެން ލިޔުމަށްފަހުގައެވެ. އަދި ބަދަލުގައި މީހަކު ހާޟިރުވާނަމަ ހުށަހަޅާފަރާތުގެ ސިޓީއަކާއި އައިޑީކާޑުގެ ފޮޓޯކޮޕީއަކާއި ، ވިޔަފާރި ރަޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

31 ޖަނަވަރީ 2021