ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266/266/2021/11
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 11 ފެބުރުވަރީ 2021 00:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށިން ދޫކުރެވިފައިވާ ރޯހައުސްތައް ކުއްޔަށް ދޫކުރާ މައްސަލައާ ގުޅޭ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ކުޅުދުއްފުށިން ދޫކޮށްފައިވާ ބައެއް ރޯހައުސްތައް ކުއްޔަށް ދޫކުރާކަން މިއިދާރާއަށްވަނީ ފާހަގަ ކުރެވިފައެވެ. އެކި މަޝްރޫއުތަކުގެ ދަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ރޯހައުސްތައް ކުއްޔަށް ދިނުމަކީ، ސަރުކާރުގެ ޝޯޝަލް ހައުސިންގ ދޫކުރުމުގެ މަޤްސަދާ ޚިލާފު، މަނާ ކަމެއް ކަމުގައި ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. 

މިދެންނެވިގޮތަށް ރޯހައުސް ކުއްޔަށް ދޫކުރާ ފަރާތްތަކުގެ މައްސަލަ ބަލައި އެފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަން މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.

01 ފެބުރުވަރީ 2021