ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން
މާލެ، ދިވެހިރާއްޖެ
އިއުލާން ނަމްބަރު: IUL)475/475/2021/43)
ވަޒީފާގެ ފުރުސަތު (ކޮންސަލްޓެންޓް)
ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ކުރިޔަށްގެންދާ ' މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު' ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކެރިއަރ ގައިޑެންސް ސާރވިސަސް އޮޕަރޭޝަނަލް ފްރޭމްވޯކް ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ކޮންސަލްޓަންޓެއް ހޯދުމަށް 14 ޖެނުއަރީ 2021ގައި ކުރެވުނު (IUL)475/475/2021/13 ނަންބަރު އިއުލާނަށް އެއްވެސް ފަރާތެއް ކުރިމަތި ލައިފައިނުވާތީ އެއިއުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މަގާމް: ކޮންސަލްޓަންޓް ޓު ޑިވަލޮޕް އޮޕަރޭޝަންލް ފްރޭމްވޯކް ޓު އެސްޓެބްލިޝް ކެރިއަރ ގައިޑެންސް ސާރވިސަސް އިން މޯލްޑިވްސް
ބޭނުންވާ އަދަދު: 1 (އެކެއް)
އެޕްލިކޭޝަން ހުށައެޅުން:
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ފެބްރުއަރީ 2021 ވާ ބުދަ ދުވަހު ގެ މެންދުރު 13:00ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރަސްޓް އާއެކު ގުޅުންހުރި ލިޔެކިޔުންތަށް އަދި ވަނަވަރު، ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް ފޮނުވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ޓަރމްސް އޮފް ރެފަރަންސް:
މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސްmohamed.manaan@mohe.gov.mv އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.
ކޮންސަލްޓަންޓަކު ހޮވުން
ކޮންސްލްޓަންޓެއް ކަނޑައަޅާނީ ޝޯޓްލިސްޓް ވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހުއެވެ.
ނޯޓް: މި ކޮންސަލްޓަންސީ އަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއުރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، އޮގަސްޓް 2018 " ގައި ވާ ގޮތުގެ މަތިންނެވެ.
މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ހުށަހެޅުން އެދެމެވެ.
ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށް:
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،
ގުޅޭނެ ނަންބަރ: 3026975
ފެން ބިލްޑިން، 2 ވަނަ ފަންގިފިލާ
އީމެއިލް :mohamed.manaan@mohe.gov.mv