ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު: IUL)RDC/RDC/2021/26)
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންއަށް ދޮންވެލި ސަޕްލައިކުރުމަށް ޕްރޮޕޯސަލް / ކޯޓޭޝަން ހޯދުމާ ގުޅޭ (2 ވަނަ އިޢުލާން)
މި ކޯޕަރޭޝަންގެ ތިލަފުށި ޕްރޮޑަކްޝަން ސައިޓް އަށް ބޭނުންވާ ދޮންވެލި ސަޕްލައި ކުރުމަށް ކުރެވުނު އިއުލާން IUL)RDC/RDC/2021/16) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީން އަލުން އިޢުލާންކުރަމެވެ. ގަންނަން ބޭނުންވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.
# |
ތަކެތީގެ ތަފްސީލް |
އަދަދު |
މިން |
1 |
ހުދު ރާޅު ވެލި |
30,000 |
ކޮޑިފޫޓު |
- ޑެލިވަރީ : މި ކޯޕަރޭޝަން އިން އަންގާ ގޮތެއްގެ މަތިން އެކި ދުވަސްތަކަށް އަދަދު ބަހައިގެން ތިލަފުށީ ޕްރޮޑަކްޝަން ސައިޓް އަށް ގެންގޮސްދިނުން.
- މި ކޯޕަރޭޝަންގެ ޕޮލިސީގައި ވާ ގޮތުގެ މަތިން، ކްރެޑިޓް މުއްދަތަކީ 30 ދުވަހެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ބިޑް ސަބްމިޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.
2- ވެންޑަރ ރަޖިސްޓްރޭޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު. (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ).
މަތީގައި ބަޔާން ކުރެވިފައިވާ ފޯމްތައް މި އިޢުލާންގައި އެޓޭޗް ކުރެވިފައި ވާނެއެވެ. ލިޔުންތައް ފުރިހަމައަށް ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 17 ފެބްރުއަރީ 2021 (ބުދަ) ދުވަހުގެ 10:00 އަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3339060
މެއިލް : procurement@rdc.com.mv