ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ތިރީގައި ދީފައިވާ ފެންވަރުގެ ޑިޖިޓަލް ޑުޕްލިކޭޓަރެއް ސްކޫލަށް ފޯރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
Type: Digital Duplicator
Processing method: Digital scanning and thermal screen printing
Print speed: Not less than 130 pages per minute
Printing area: A4
- ބީލަން ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.
2.1- ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.
I. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.
II. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
III. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
IV. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ފެބްރުއަރީ 9 އިން 2021 ފެބްރުއަރީ 17 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓް ކުރައްވަން ވަޑައިގަންނަވާއިރު ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ގެންނަވަން ވާނެއެވެ. އީމެއިލް މެދުވެރިކޮށް ރެޖިސްޓްރީ ކުރައްވާ ފަރާތްތަކުންނާއި ފޯނުގެ ޒަރީޢާއިން ރަޖިސްޓްރީ ވާ ފަރާތްތަކުން ވިޔަފާރީގެ ރެޖިސްޓްރީ ތިރީގައި ބަޔާންކޮށްފައިވާ ސްކޫލުގެ މެއިލް އަށް މެއިލް ކުރައްވަން ވާނެއެވެ. ބީލަން ހުށައެޅުމުގެ ފުރުޞަތު ދެވޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ހިމެނޭ ބީލަން ފޮތް މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. ބީލަމާއި އެކު ހުށައަޅަން ޖެހޭ ލިޔެކިޔުމާއި ޕޮއިންޓް ލިބޭ އުޞޫލު ބީލަން ފޮތުގައި ހިމަނާފައިވާނެއެވެ.
- ބީލަން ހުށައަޅާނީ ބަންދު ކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ޑިޖިޓަލް ޑުޕްލިކޭޓަރެއް ފޯރުކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށައަޅާ ފަރާތުގެ ނަމާއި ފޯން ނަމްބަރ ލިޔެފައި އޮންނަންވާނެއެވެ. މެއިލްގެ ޒަރީޢާއިން ބީލަން ހުށައަޅާ ފަރާތްތަކުން ބީލަން މެއިލް ކުރައްވާނީ ތިރީގައިވާ ސްކޫލުގެ މެއިލް އެޑްރެހަށެވެ. ބީލަން އޮންނަންވާނީ pdf ކޮށްފައެވެ. ބީލަން ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ 2021 ފެބްރުއަރީ 21 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަކުނުދޫ ސްކޫލް، ހދ މަކުނުދޫ، ދިވެހިރާއްޖެ
ފޯން: 6520529 ، އީ-މެއިލް: 6520529@gmail.com
27 ޖުމާދަލްއާޚިރް 1442
9 ފެބްރުއަރީ 2021