ދިވެހިރާއްޖެ
(IUL)178-P/1/2021/02:ނަންބަރު
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
އެން.ބީ.ސީ ޢިމާރާތާއި، މި ޢިމާރާތް ފޮޅާ ސާފުކުރުމަށް ކޮންޓްރެކްޓް އުޞޫލުން އެއްއަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތަނާއި ތާރީޚާއި ވަގުތަށް މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންދެއްވުން އެދެމެވެ.
ތަފްސީލް |
ތާރީޚް (ދުވަސް) |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ) |
16 ފެބްރުވަރީ 2021 (އަންގާރަ) |
11:00 |
ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން ބިލްޑިންގ ހަނދުވަރުދޭހިނގުން (އޮލިމްޕަސް ގޯޅި) |
ބީލަން ހުށައެޅުން |
18 ފެބްރުވަރީ 2021 (ބުރާސްފަތި) |
11:00 |
ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން ބިލްޑިންގ ހަނދުވަރުދޭހިނގުން (އޮލިމްޕަސް ގޯޅި) |
އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް
- އަގަށް 90 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު * 90 )
- ތަޖުރިބާއަށް 10 ޕޮއިންޓް(ތަޖުރިބާގެ ގޮތުގައި ގުނޭނީ ފާއިތުވި ދެއަހަރު ކޮށްފައިވާ މިފަދަ މަސައްކަތެއް ނުވަތަ ގުޅުންހުރި މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.) ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓް ދިނުމުގައި ކޮށްފައިވާ މަސައްކަތުގެ ކުޑަ ބޮޑު މިނަށް (ޕްރޮޖެކްޓްގެ އަގަށް) ބެލޭނެއެވެ
އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް
ހ. ކުންފުންޏެއް، ޕާޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ، ހުށަހަޅާ ފަރާތުގެ، މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
ށ. ހުށަހަޅާ ފަރާތާބެހޭ ޕްރޮފައިލް.
ނ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރައްވާފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރި ރަޖިސްޓްރޭޝަންގެ ކޮޕީ.
ރ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)
ބ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، މިނިސްޓްރީން ދީފައިވާ ބީލަން ފޮތުގައިވާ މަޢުލޫމާތު ފުރިހަމަކުރެއްވުމަށް ފަހު، ބީލަން ފޮތާއި އަންދާސީ ހިސާބު، ބަންދުކުރެވިފައިވާ ސިޓީއުރައެއްގެ ބޭރުގައި، ހުށަހެޅި ފަރާތާއި އަންދާސީ ހިސާބު ހުށަހެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3015400، 3312900 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
29 ޖުމާދަލްއާޚިރާ 1442
11 ފެބްރުވަރީ 2021