ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު:IUL/AS/303/2021/07
އިޢުލާން
މިރަށު އިޖުތިމާޢީ ސަރަހައްދުގެ ގޮތުގައި ކުނިކަހަމުންދާ 545680 އަކަފޫޓް 1 އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ ސާފްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިރަށު އިޖުތިމާޢީ ސަރަހައްދު ކުނިކަހައި ސާފްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއަދުން (15 ފެބުރުވަރީ 2021) ފެށިގެން 22 ފެބުރުވަރީ 2021، ހޯމަ ދުވަހުގެ 12:30 ގެ ނިޔަލަށް ރަސްމީގަޑީގައި މިކައުންސިލަށް ދުރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ނަން ނޯޓް ކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދެއްވާ މެއިލް އަށް މަޢުލޫމާތު ސީޓް މެއިލް ކޮށްދެވޭނެއެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އެމުއްދަތުގައި ނަންނޯޓް ކުރެއްވި ފަރާތްތަކުން މި މިއިދާރާއިން ދެވޭ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 25 ފެބުރުވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 1:30 ގައި މިއިދާރާގައެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އިޖުތިމާޢީ ސަރަހައްދު ކުނިކެހުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ގުޅުއްވުން އެދެމެވެ.
ތިރީގައި އެވަނީ އިޖުތިމާޢީ ސަރަހައްދު ކުނިކެހުމަށް މާކުސްދިނުމަށް ހަމަޖެހިފައިވާގޮތެވެ.
- އިޖުތިމާޢީ ސަރަހައްދު ކުނިކަހައި ދިނުމަށް ހުށަހަޅާ އަގަށް (ހަތްދިހަމާކުސް)
- ހުށަހަޅާ މުއްދަތައް (ފަސްކުސް)
- މާލީތަނަވަސް ކަމަށް (ފަސްމާކުސް)
- މަސައްކަތުގައި ގެންގުޅޭ މުވައްޒަފުންނަށް ދެވޭ މުސާރައަށް (ވިހިމާކުސް)
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
03 ރަޖަބް 1442
15 ފެބުރުވަރީ 2021