ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)315-HR/315/2021/18
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި:
01 މާރިޗު 2021 12:00
މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ (ވަގުތީ)
މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މީހަކު ހޯދަންބޭނުން ވެއްޖެއެވެ.
- މަޤާމް: އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ (ވަގުތީ)
- ރޭންކް: ޖ.ީއެސް 04
- ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2
- މަސައްކަތް ކުރަންޖެހޭ ތަން: މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
- މުއްދަތު: މަސައްކަތް ޙަވާލުކުރެވޭ ދުވަހުން ފެށިގެން 03 (ތިނެއް) މަަސްދުވަސް
- މުސާރަ: 217.33 (ދުއިސައްތަ ސަތާރަ ރުފިޔާ ތެއްތިރީސްލާރި) ރުފިޔާ މަސައްކަަތަށް ނިކުންނަ ކޮންމެ ދުވަހަކަށް
- ބޭނުންވާ ޢަދަދު: 1 ( އެކެއް )
މަސްއޫލިއްޔަތާއި ވާޖިބުތައް:
- ރަށުގެ މުނިސިޕަލް މަސައްކަތްތައް ކުރުމުގައި މުނިސިޕަލް ސަރވިސް ސެކްޝަނަށް އެހީތެރިވުން.
- އޮފީހުން ބޭރަށް ފޮނުވާ ސިޓީ / މެސެޖް ފަދަ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން.
- ޒިންމާދާރުވެރިޔާ އަދި މުނިސިޕަލް ސަރވިސް ސެކްޝަންހެޑް ޙަވާލުކުރައްވާ މަސައްކަތް ކުރުން.
- ކައުންސިލުން ކުރިޔަށް ގެންދާ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަންކުރުން.
ފެންވަރު ނުވަތަ ޝަރުތު:
- 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- 'މަތީ ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން
- · ފޯމް ހުށަހަޅަންވީ ތާރީޚާއި ތަން: 01 މާރިޗް 2021 ވާ ހޯމަަަ ދުވަހުގެ 12.00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދޭ ފޯމް ކެންދޫކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ.
- ހުށަހަޅަންޖެހޭ ލިޔުންތައް:
- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
މި ވަޒީފާއަށް އެއްފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ މީހަކު ހޮވުމުގައި އިސްކަންދޭނީ ތަޢްލީމީ ފެންވަރަށާއި މި އިދާރާއިން ކުރެވޭ އިންޓަރވިއުގެ ނަތީޖާއަށެވެ.
18 ފެބުރުވަރީ 2021