ދިވެހިރާއްޖެ
01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، އެސްޓީއޯ ސ. ފޭދޫ ފިހާރައިގެ 6 (ހައެއް) ރެކު، މުދާ ޖައްސައިގެން ވިޔަފާރިކުރުމަށްކުއްޔަށް ދިނުން.
01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، އެސްޓީއޯ ސ. ފޭދޫ ފިހާރައިގެ 6 (ހައެއް) ރެކު، މުދާ ޖައްސައިގެން ވިޔަފާރިކުރުމަށް ކުއްޔަށް ދިނުމަށް އިއުލާނު ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2021 މާރޗް 01 ވާ ދުވަހުގެ 1400 ގެ ކުރިން ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެެވެ.
އީމެއިލް: tenders@sto.mv
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2021 މާރޗް 01 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2021 މާޗް 03 ވަނަ ދުވަހު 1000 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ސ.ފޭދޫ ފިހާރައިގައި އޮންނާނެއެވެ.
ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2021 މާރޗް 04 ވަނަ ދުވަހުގެ 1400 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2021 މާރޗް 07 ވާ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުށަހަޅަންވާނީ އީމެއިލް މެދުވެރިކޮށް، 2021 މާރޗް 11 ވާ ދުވަހު 1400 ގެ ކުރިން tenders@sto.mv އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަންކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ފޮނުވާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344374، 3344295
އީމެއިލް: tenders@sto.mv
23 ފެބުރުއަރީ 2021