ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު: IUL)RDC/RDC/2021/35)
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންއަށް ކޯޕޮރޭޓް ޓީޝާޓް ގަތުމާ ބެހޭ
މި ކޯޕަރޭޝަންގެ ބޭނުމަށް ކޯޕޮރޭޓް ޓީޝާޓް ގަތުމަށް ކުރެވުނު އިއުލާން ނަންބަރު IUL)RDC/RDC/2021/28) ހަވާލާދީ އިތުރު ތަފްސީލާއެކު އަލުން އިއުލާން ކުރަމެވެ. ބޭނުންވާ ތަކެތީގެ އިތުރު ތަފްސީލް މައުލޫމާތައްޓަކައި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
އިވެލުއޭޓްކުރުމުގައި ބަލާނެ ކަންތައްތައް (މާރކިންގް ކްރައިޓީރިއާ) :
- ހުށަހަޅާ އަގަށް: 70%
- ތަޖުރިބާ: 10%
- ޑެލިވެރީ: 20%
- ޑެލިވަރ ކުރަން ޖެހޭތަން: އާރ.ޑީސީ. ސައިޓް، މާލެ
- ޕޭމަންޓް ޓާރމް: ޕޭމަންޓް ދެއްކުމަށް ހަމަޖެހިފައިވަނީ ޑެލިވަރީ، އެކްސެޕްޓަންސް އަދި އިންވޮއިސް ހުށައެޅުމުން 30 ދުވަސް ފަހުން، 2 މަހަށް ބަހާލެވިގެންނެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ބިޑް ސަބްމިޝަން ފޯމް. )ފޯމް ގައި ބަޔާން ކުރެވިފައިވާ ލިޔުމާއި އެކު)
2- ވެންޑަރ ރަޖިސްޓްރޭޝަން ފޯމް. (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ.)
މަތީގައި ބަޔާން ކުރެވިފައިވާ ފޯމްތައް މި އިޢުލާންގައި އެޓޭޗް ކުރެވިފައި ވާނެއެވެ. ބިޑް ސަބްމިޝަން ފޯމާއި ވެންޑަރ ރަޖިސްޓްރޭޝަން ފޯމް ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- މަތީގައި ބަޔާން ކުރެވިފައިވާ ލިޔުމުގެ އިތުރުން ޕްރޮޕޯސަލް އާއި އެކު މެޓީރިއަލްގެ ސާމްޕަލް (ކުލަ އިގޭނެ ގޮތަށް) އެއް ހުށަހަޅަން ޖެހޭނެއެވެ. (ސާމްޕަލް މެޓީރިއަލް ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވައި ފަރާތްތަކުން 02 މާރިޗު 2021 (އަންގާރަ) ދުވަހުގެ 12:00 ޖެހުމާއި ހަމަޔަށް އީމެއިލް މެދުވެރިކޮށް، މައުލޫމާތު ސާފުކުރުމަށް ހުޅުވައިލެވިފައި ވާނެއެވެ.
- އީމެއިލް: tender@rdc.com.mv
- މައުލޫމާތު ސާފު ކުރުމަށް އީމެއިލް ކުރައްވާ ފަރާތްތަކަށް ޖަވާބު އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑިއަށް ފަހު ހުރިހާ ފަރާތަކަށް ހުރިހާ ސުވާލެއްގެ ޖަވާބު އީމެއިލް ކުރެވޭނެއެވެ. ( ޖަވާބުތައް ބޭނުންފުޅުވާ އިތުރު ފަރާތްތަކުން ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން އީމެލް އަކުން އެންގެވުމުން ޖަވާބުތައް ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. )
ވީމާ، މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 08 މާރިޗު 2021 (ހޯމަ) ދުވަހުގެ 10:00 އަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3339060
މެއިލް : procurement@rdc.com.mv
25 ފެބްރުއަރީ 2021